Advertisement

ހިދުމަތް އަވަސްކުރަން ކައުންސިލުތަކާ ގުޅެން ފުވައްމުލައް މޭޔަރު ރަފީގު ގޮވާލައްވައިފި

24 އޭޕްރީލް 2024 - 18:36 1

ފުވައްމުލައް ސިޓީގެ މޭޔަރި އިސްމާއިލް ރަފީގު: ރަފީގުގެ މިގޮތަށް ގޮވާލެއްވީ އިސްލާމިކް މިނިސްޓްރީން މަޖިލިސް މެމްބަރުންނަށް ހާއްސަ މަންދޫބަކު ހަމަޖެއްސުމުން -- ފޮޓޯ: މިރާޝް ނާޝިމް/އަދަދު


ހިދުމަތް އަވަސްކުރަން ކައުންސިލުތަކާ ގުޅެން ފުވައްމުލައް މޭޔަރު ރަފީގު ގޮވާލައްވައިފި

24 އޭޕްރީލް 2024 - 18:36 1

އިސްލާމިކް މިނިސްޓްރީއާ ގުޅޭ ކަންކަމުގައި ރަށްރަށުގައި ފޯރުކޮށްދޭ ހިދުމަތްތައް އަވަސްކުރަން ކައުންސިލުތަކާ ގުޅިގެން މަސައްކަތް ކުރަން ފުވައްމުލައް ސިޓީގެ މޭޔަރު އިސްމާއިލް ރަފީގު ގޮވާލައްވައިފި އެވެ.

މޭޔަރު ރަފީގު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް އަލަށް ހޮވުނު މެމްބަރުންނާ ގުޅިގެން އެ މެމްބަރުންގެ ދާއިރާތަކުގައި އިސްލާމިކް މިނިސްޓްރީން ފޯރުކޮށްދޭ ހިދުމަތްތައް އަވަސްކުރަން އެ މިނިސްޓްރީން ހާއްސަ މަންދޫބަކު ހަމަޖެއްސުމުންނެވެ.

މި ނިންމުމާ ގުޅޭގޮތުން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު، އެ މިނިސްޓްރީގެ ރަސްމީ މީޑިއާ ގްރޫޕުގައި އިއްޔެ ވިދާޅުވީ މިއީ ރައްޔިތުންނަށް އަވަސް ހިދުމަތް ފޯރުކޮށްދޭން ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވާފައިވާ އިރުޝާދުގެ ދަށުން ނިންމި ނިންމެވުމެއް ކަމަށެވެ.

"މަޖްލިސް މެންބަރުންނަކީ ރައްޔިތުންގެ މަންދޫބުންކަމުން އެ ބޭފުޅުންނަށް މިނިސްޓްރީން އަހައްމިއްޔަތުކަން ދޭނެ. ޕާޓީތަށް ތަފާތުކުރުމެއް ނެތި އެންމެހައި މެންބަރުންނަށް ހިދުމަތް ދެވޭނެ." މިނިސްޓަރު ވިދާޅުވި އެވެ.

އިސްލާމިކް މިނިސްޓްރީގެ މި ނިންމުމާ ގުޅުވާ މޭޔަރު ރަފީގު އެކްސް (ކުރިން ޓްވިޓާ) ގައި ވިދާޅުވި ގޮތުގައި ރަށްރަށުގައި އަވަސް ހިދުމަތް ދިނުމަށް އެންމެ މުހިންމީ ކައުންސިލުތަކާ ގުޅިގެން މަސައްކަތް ކުރުމާއި އެ ގުޅުން ހަރުދަނާ ކުރުމެވެ.

ރަފީގުގެ އިތުރުން އާންމުންގެ ބައެއް މީހުން ވަނީ މެމްބަރުންނާ އެކީ މަސައްކަތް ކުރަން މިނިސްޓްރީން ނިންމުމުން ކަންބޮޑުވެ، ފާޑުކިޔާފަ އެވެ.

މިހެން ފާޑުކީ އެކަކަށް އެކްސްގައި ޝަމީމް ވިދާޅުވީ މެމްބަރުންނާ ގުޅޭ ކަންކަމުގެ ގޮތުގައި މާނަކުރެއްވީ މިނިސްޓްރީން އާންމުކޮށް ކުރާ މަސައްކަތްތަކުގެ ބަދަލުގައި، މިނިސްޓްރީން އެ ދާއިރާތަކުގައި ހިންގާ ޕްރޮޖެކްޓުތައް ފަދަ ކަންކަމުގައި ކަމަށެވެ.