Advertisement

ގަވާއިދާ ހިލާފަށް އުމްރާއަށް ގެންދާ ގްރޫޕެއްގެ މައްސަލަ ޕޮލިހަށް ހުށަހަޅަނީ

17 އޭޕްރީލް 2024 - 13:14 0

މަރިޔަމް އަފާ ނިޒާމް

މަރިޔަމް އަފާ ނިޒާމް

އުމްރާވެރިން -- ފޮޓޯ: އަދަދު


ގަވާއިދާ ހިލާފަށް އުމްރާއަށް ގެންދާ ގްރޫޕެއްގެ މައްސަލަ ޕޮލިހަށް ހުށަހަޅަނީ

17 އޭޕްރީލް 2024 - 13:14 0

ގަވާއިދާއި ހިލާފަށް މީހުން އަތުން ފައިސާ ނަގައިގެން އުމްރާއަށް ގެންދާ ގްރޫޕެއްގެ މައްސަލަ މިނިސްޓްރީގެ ފަރާތުން މިއަދު ޕޮލިހަށް ހުށަހަޅާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ވިދާޅުވެއްޖެ އެވެ.

މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޑރ. ޝަހީމް ވިދާޅުވީ އުމްރާއަށް މީހުން ގެންދިއުމާ ގުޅޭ ގޮތުން ރާއްޖޭގައި އަމަލުކުރަމުން އަންނަ ރަސްމީ އުސޫލުތަކާއި ހިލާފަށް ލާރި ނަގައިގެން އެއަށް އިހުމާލުވަމުންދާ ޖަމާއަތެއްގެ މައްސަލަ ފާހަގަކުރެވިފައިވާ ކަމަށެވެ.

އެގޮތުން އެ ޖަމާއަތުގެ މައްސަލަ ތަހުގީގުކުރުމަށް މިއަދު ފުލުހަށް މައްސަލަ ހުށަހަޅާނެ ކަމަށް މިނިސްރު ވިދާޅުވި އެވެ.

"އަލް މަޝްއަރު" އުމްރާ ގްރޫޕާ މެދުވެރިކޮށް ނިމިދިޔަ ރަމަޟާން މަހު އުމްރާއަށް ދިޔަ ގުރޫޕެއްގެ ޗެކް ބައުންސްވެ، ރާއްޖެ ނާދެވުނު މައްސަލައެއް ފެންމަތިވި އެވެ.

ދިމާވި މައްސަލައަކާ ގުޅިގެން ރިޓާން ޓިކެޓަށްވާ ފައިސާ ނުދެއްކި އޮތްކަން އެ ޖަމާއަތުން ބުނެފައިވާ ކަމަށާއި ފައިސާ ހުރި ނަމަ، އަމިއްލަ ހަރަދުގައި ރިޓާން ޓިކެޓު ނަގައިގެން ފުރުމަށް އުމްރާވެރިންނަށް އެންގި ކަމަށް ސޯޝަލް މީޑިއާގައި ދަނީ މައުލޫމާތު ފެތުރެމުންނެވެ.