Advertisement

ޒަކާތު ހައުސްގެ ޑިރެކްޓާ ޖެނެރަލްގެ މަގާމަށް އިއްޒައްދީން އައްޔަނު ކުރައްވައިފި

9 އޭޕްރީލް 2024 - 09:49 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ޒަކާތު ހައުސްގެ ޑިރެކްޓާ ޖެނެރަލް މަގާމަށް އައްޔަނުކުރެއްވި އިއްޒުއްދީން (ކ) އަދި އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް އަލީ ސައީދު (ވ) -- ފޮޓޯ: އިސްލާމިކް މިނިސްޓްރީ


ޒަކާތު ހައުސްގެ ޑިރެކްޓާ ޖެނެރަލްގެ މަގާމަށް އިއްޒައްދީން އައްޔަނު ކުރައްވައިފި

9 އޭޕްރީލް 2024 - 09:49 0

ޒަކާތު ހައުސްގެ ޑިރެކްޓާ ޖެނެރަލް މަގާމަށް އިއްޒައްދީން އަދްނާން ރޭ އައްޔަނު ކުރައްވައިފި އެވެ.

ދުވަހުން ދުވަހަށް ހިންގެވުމުގެ އެންމެ އިސް މަގާމަށް އިއްޒައްދީން އައްޔަން ކުރީ މަގާމަށް ކުރިމަތި ލެއްވި ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ހޯއްދަވައިގެން ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވި އެވެ.

އޭނާ އެ މަގާމަށް އައްޔަނުކުރީ އިސްލާމިކް މިނިސްޓްރީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.

އިއްޒައްދީންއަކީ 2008 އިން ފެށިގެން އިސްލާމކް މިނިސްޓްރީގެ އެކިއެކި މަގާމްތައް ފުރައްވަމުން އަންނަ ބޭފުޅެކެވެ. އޭނާ އެންމެ ފަހުން ހުންނެވީ މިނިސްޓްރީގެ މުސާއިދު ވާއިޒުގެ މަގާމެވެ.

އިއްޒުއްދީން މަތީ ތައުލީމް ހާސިލްކުރެއްވީ ޕާކިސްތާނުގެ އިސްލާމީ އާބާދުގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީންނެވެ. އަދި މިހާރު ދަނީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގައި ޕީއެޗްޑީ ހާސިލްކުރައްވަމުންނެވެ.

އިއްޒައްދީން ވަނީ 2016 ވަނަ އަހަރު މާސްޓާ އިފް ޝަރީއާ ކޯސް ފުރިހަމަ ކުރައްވާ ބުކް ޕްރައިޒްވެސް ހާސިލްކުރައްވައިފަ އެވެ.

ރައީސުލްޖުމްހޫރިއްޔާއަށް ގާނޫނު އަސާސީގެ 116 ވަނަ މާއްދާއިން ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު 'ދިވެހިރާއްޖޭގެ ޒަކާތު ހައުސް' އުފެއްދެވީ މިދިޔަ ޑިސެމްބަރު، 18 ގަ އެވެ. ޒަކާތު ހައުސް އިފްތިތާހު ކޮށްފައި ވަނީ މި އަހަރު ޖެނުއަރީ 2، ގަ އެވެ.