Advertisement

އޭދަފުށި ކައުންސިލް ކަޕް: އަފްރޯ، މުރިނގު އަދި ނަލަ ބްރަދާސް އަށް މޮޅެއް

9 އޭޕްރީލް 2024 - 11:52 0

ބ. އޭދަފުށި

އަތޫފް އާތިފް

އަތޫފް އާތިފް

އޭދަފުށި ކައުންސިލް ކަޕުގައި އަފްރޯ އާއި ސަޑަންލީ ބައްދަލުކުރި މެޗުގެ ތެރެއިން - ފޮޓޯ: ނައުޝަމް ވަހީދު / އިމޭޖަސް އެމްވީ


އޭދަފުށި ކައުންސިލް ކަޕް: އަފްރޯ، މުރިނގު އަދި ނަލަ ބްރަދާސް އަށް މޮޅެއް

9 އޭޕްރީލް 2024 - 11:52 0

ބ. އޭދަފުށި

އުރީދޫ އޭދަފުށި ފުޓްސަލް ކަޕުގައި އެންމެ ފަހުގެ ޗެމްޕިއަން އަފްރޯ ސްޕޯޓްސް ކުލަބް, މުރިނގު އެފްސީ އަދި ނަލަ ބްރަދާސް އިން ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކޮށް ފެށުން ރަނގަޅު ކޮށްފި އެވެ.

އެންމެ ފަހުގެ ޗެމްޕިއަން އަފްރޯ އިން އެފްސީ ސަޑަންލީގެ މައްޗަށް ކުރިހޯދީ 4-0 ގެ ނަތީޖާ އަކުންނެވެ. މި މެޗުގައި އަފްރޯގެ އަލީ މާއިސް (މައްޓު) ދެ ގޯލު ޖެހިއިރު, ހައިޝަމް ހަސަން އަދި މުހައްމަދު ފާސިރު, މީގެއިން ކޮންމެ ކުޅުންތެރިއަކު ވަނީ ގޯލެއް ޖަހައިފަ އެވެ.

މީގެ އިތުރުން ރޭ ކުޅުނު ފަހު މެޗުގައި ވީ ވެލާގެ މައްޗަށް މުރިނގު އެފްސީ އިން ކުރިހޯދީ 3-0 ގެ ނަތީޖާ އަކުންނެވެ. މި މެޗުގައި މުރިނގު އެފްސީގެ ފުރަތަމަ ގޯލު އިބްރާހީމް ސިމާހް ޖެހިއިރު, އެ ޓީމުގެ ދެވަނަ ލަނޑު އަދި ތިންވަނަ ލަނޑު ޖަހާދިނީ ޝާރިފް އަބްދުލް މަޖީދެވެ.

މުރިނގު އެފްސީ އާއި ވީ ވެލާ ބައްދަލުކުރި މެޗުގެ ތެރެއިން - ފޮޓޯ: ނައުޝަމް ވަހީދު / އިމޭޖަސް. އެމްވީ


މި މުބާރާތުގައި މިރޭ ކުޅުނު ފުރަތަމަ މެޗުގައި ނަލަ ބްރަދާސް އިން ކީވަން އެފްސީ ބަލިކުރީ 6-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.

މި މެޗުގައި ނަލަ ބްރަދާސްގެ ހުޒައިފަތު ރަޝީދު (ހުޒޭ) ތިން ގޯލު ޖަހާ ހެޓްރިކް ހެދިއިރު, ކެޕްޓަން އިބްރާހީމް ނާއިޝް, އަހުމަދު އަފްނާން އަދި އަލީ ނަސީރު, މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ ގޯލެއް ޖަހާފަ އެވެ.

ނަލަ ބްރަދާސް އާއި ކީވަން އެފްސީ ބައްދަލުކުރި މެޗުގެ ތެރެއިން - ފޮޓޯ: ނައުޝަމް ވަހީދު / އިމޭޖަސް. އެމްވީ


މި މުބާރާތުގެ ފައިނަލް ކުޅޭނީ މި މަހު 17 ގަ އެވެ. މުބާރާތުގެ ހުރިހާ މެޗެއް އޭދަފުށި ކައުންސިލް ފޭސްބުކް ޕޭޖު އާއި ޔޫޓިއުބުން ލައިވްކޮށް ދައްކާނެ އެވެ.

މުޅި ރާއްޖެ އަށް ހުޅުވާލައިގެން ކުޅޭ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖްގެ މި ފަަހަރުގެ ޗެމްޕިއަންކަން ހޯދީ އޭދަފުށިންނެވެ. އެއާ އެކު، އެ ރަށުގައި ފުޓްސަލްގެ ފޯރި ވަނީ ވަރަށް ބޮޑަށް ގަދަވެފަ އެވެ. އަނެއްކޮޅުން، މި ފަހަރުގެ އޭދަފުށީ ފުޓްސަލް ކަޕްގައި އެ ރަށުގެ މަޝްހޫރު ކުޅުންތެރިންގެ އިތުރުން މުޅި ރާއްޖޭގެ ނިސްބަތުން ވެސް ފާހަގަކޮށްލެވޭ މޮޅު ކުޅުންތެރިން ކުޅޭނެ އެވެ.

މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރެއްގެ ގޮތުގައި ހަރަކާތްތެރިވާނީ، އަދަދު ސްޕޯޓްސް އެވެ.