Advertisement

މާލޭގައި ފިތުރު ޒަކާތުގެ ގޮތުގައި ބޮލަކަށް 8،000ރ. ބަހަން ފަށައިފި

9 އޭޕްރީލް 2024 - 07:54 0

އަޒްލިފާ އަބްދުﷲ

އަޒްލިފާ އަބްދުﷲ

މާލޭގައި ޒަކާތް ދައްކަން ގޮސް ތިބި ބަޔަކު. -- ފައިލް ފޮޓޯ


މާލޭގައި ފިތުރު ޒަކާތުގެ ގޮތުގައި ބޮލަކަށް 8،000ރ. ބަހަން ފަށައިފި

9 އޭޕްރީލް 2024 - 07:54 0

މާލޭގައި ފަގީރެއްގެ ބޮލަކަށް 8،000ރ. ގެ މަގުން ފިތުރު ޒަކާތް ބަހަން ފަށައިފި އެވެ.

އިސްލާމިކް މިނިސްޓަރު އަދި ޒަކާތުގެ ހައުސްގެ ޗެއާމަން ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ މާލޭގައި ފަގީރުންގެ ގޮތުގައި ދަފުތަރު ކުރެވިފައިވާ ކޮންމެ މީހެއްގެ ބޭންކު އެ ކައުންޓަށް އެ ފައިސާ ޖަމާވާނެ ކަމަށެވެ.

"އެކި ސަބަބުތަކާ ހުރެ ޖަލުގައި ބަންދުވުމުގެ ސަބަބުން އަނބި ދަރިންނަށް ނިކަމެތި ކަން މެދުވެރި ވެފައިވާ ފަރާތްތަކުގެ އާއިލާތަކަށް ވެސް ފިތުރު ޒަކާތުން އެހީތެރިކަން ލިބޭނެ. ކުޑަކުދިންގެ ހިޔާއާއި ހާއްސަ އެހީއަށް ބޭނުންޖެހިފައިވާ ފަރާތްތަކުގެ މަރުކަޒުގައި ތިބި ފަރާތްތަކަށްވެސް ފިތުރު ޒަކާތުން ލިބޭނެ،" ޝަހީމް ވިދާޅުވި އެވެ.

ޝަހީމް ވިދާޅުވީ ތާރީހީ ގޮތުން ބަލާއިރު ދިވެހިރާއްޖޭގައި ފިތުރު ޒަކާތް ބަހަމުން އަންނަނީ އެ ރަށަކުން ލިބޭ އެއްޗެހި އެރަށެއްގެ ފަގީރުންނަށް ބަހަމުން ބަހަމުންނެވެ. އެރަށެއްގައި ފަގީރަކު ނެތް ނަމަ އެންމެ ގާތުގައި އޮތް ފަގީރުން ތިބި ރަށަކަށް ބަހާ ކަމަށް އޭނާ ވިދާޅުވި އެވެ.

މި އަހަރު ފިތުރު ޒަކާތް ނެރުނުގެ މީހުންގެ އަދަދު އިތުރު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މި ރަމަޟާން މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް 4.49 މިލިއަން ރުފިޔާ ފުތުރު ޒަކާތުގެ ގޮތުގައި ލިބިފައިވާ ކަމަށް ޒަކާތު ހައުސްއިން ބުނެ އެވެ.

ފިތުރު ޒަކާތުގެ ގޮތުގައި ބަލައިގަނެފައިވާ ގޮވާމުގެ ބާވަތްތައް ވެސް އިއްޔެއިން ފެށިގެން ވަނީ ބަހަން ފަށައިފަ އެވެ.

ގޮވާމުގެ ބާވަތްތައް ބެހުން ކުރިއަށް ދަނީ އަމީނިއްޔާ ސްކޫލުގެ ހޯލުގައި ކަމަށް ޒަކާތު ހައުސް ބުނެ އެވެ. ގޮވާން ވެސް ދޫކުރާނީ ފަގީރުންގެ ލިސްޓުގައިވާ ފަރާތްތަކަށެވެ.

މިދިޔަ އަހަރު ފިތުރު ޒަކާތުގެ ގޮތުގައި ނުވަ މިލިއަން ރުފިޔާ ލިބިފައި ވާއިރު، މާލެއިން 1736 މީހަކަށް ބަހާފައިވަނީ ބޮލަކަށް 3،450ރ. ގެ މަގުންނެވެ. ފަގީރުންގެ ދަފުތަރުގައި ޖުމުލަ 8،000 އަށް ވުރެ ގިނަ މީހުން ރަޖިސްޓްރީކޮށްފައިވެ އެވެ.