Advertisement

ފިތުރު އީދު ދުވަހަކީ ބުދަ ދުވަސް ކަމަށް ކަނޑައަޅައިފި

8 އޭޕްރީލް 2024 - 21:39 0

ކުރީ އަހަރެއްގައި އިސްލާމީ މަރުކަޒުގައި ފިތުރު އީދު ނަމާދު ކުރަން ބަޔަކު ޖަމާއަތަށް އަރަނީ: މި އަހަރުގެ ފިތުރު އީދު ރާއްޖޭގެ ހުރިހާ ސަރަހައްދުތަކެއް ވަރަށް ކުލަގަދަކޮށް ފާހަގަކުރަން ސަރުކާރުން އަންނަނީ ތައްޔާރިތައް ވަމުން -- ފޮޓޯ: މުހައްމަދު ޝަޔާހު/އަދަދު


ފިތުރު އީދު ދުވަހަކީ ބުދަ ދުވަސް ކަމަށް ކަނޑައަޅައިފި

8 އޭޕްރީލް 2024 - 21:39 0

މި އަހަރުގެ ފިތުރު އީދު ދުވަހަކީ ބުދަ ދުވަސް ކަމުގައި އިސްލާމިކް މިނިސްޓްރީން ދާދި ދެންމެއަކު އިއުލާން ކޮށްފި އެވެ.

އިސްލާމިކް މިނިސްޓްރީން މިިކަން އިއުލާން ކުރީ ޝައްވާލު މަހުގެ ހަނދު ސާބިތު ކުރުމަށް ޓަކައި އިސްލާމީ މަރުކަޒުގައި ބޭއްވި ޖަލްސާއަށް ފަހުގަ އެވެ.

މިނިސްޓްރީން ބުނީ، ރާއްޖޭގެ އެއްވެސް ސަރަހައްދަކަށް ހަނދު ފެނިފައިނުވާތީ މާދަމާއަކީ ރޯދަމަހުގެ 30 ވަނަ ދުވަސް ކަމަށެވެ.

ސަރުކާރުން އަންނަނީ މި އަހަރުގެ ފިތުރު އީދު ދުވަސް ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ވަރަށް ކުލަ ގަދަކޮށް ފާހަގަކުރަން ނިންމައި، އެކަމަށް ތައްޔާރީތައް ވަމުންނެވެ. އޭގެ ތެރޭގައި ރަށްރަށް އީދަށް ޒީނަތްތެރިކޮށް، ދިއްލާލުން ހިމެނެ އެވެ.