Advertisement

ހުލާސާކޮށް އިއްޔެ: ޕީއެންސީގެ ވެރިން ޔާމީނަށް ފާޑުކިޔުން

8 އޭޕްރީލް 2024 - 07:00 1

އަޒްލިފާ އަބްދުﷲ

އަޒްލިފާ އަބްދުﷲ

އިއްޔެ ބޭއްވި ޕެނަލް ޑިސްކަޝަންގައި ބައިވެރިވެވަޑައިގެންނެވި ޕީއެންސީގެ ވެރިން.


ހުލާސާކޮށް އިއްޔެ: ޕީއެންސީގެ ވެރިން ޔާމީނަށް ފާޑުކިޔުން

8 އޭޕްރީލް 2024 - 07:00 1

މި ސަރުކާރު އުފެދުމާ އެކު ޕީއެންސީ ކޯލިޝަނާ ދުރުވެ، އައު ޕާޓީއެއް އުފެއްފުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމިނާއި އެމަނިކުފާނުގެ އާއިލާ އަދި އަރިސް ބޭފުޅުންނަށް ފާޑުކިޔުމަށް މިއަދު ޕީއެންސީގެ ލީޑަޝިޕުން ބޮޑު ޕެނަލް ޑިސްކަޝަނެއް އިއްޔެ ބޭއްވި އެވެ.

ޕެނަލް ޑިސްކަޝަންގެ ވަކި މައުލޫއެއް ނެތްނަމަވެސް، މުޅި މަޝްވަރާގައިވެސް ބޮޑަށް ދެއްކީ ޔާމީނާއި އެމަނިކުފާނުގެ އަރިސް ބޭފުޅުންގެ ވާހަކަ އެވެ.

އެ ޕެނަލްގައި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ، ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް، މާލެ ސިޓީ ކައުންސިލަރު އިބްރާހިމް ޝުޖާއު، އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް، ލޯކަލް ގަވަމަންޓު މިނިސްޓަރު އާދަމް ޝަރީފު، އަދި އެޗްޑީސީގެ އެމްޑީ އިބްރާހިމް ފަޒުލް ރަޝީދު ބައިވެރިވި އެވެ.

ޔާމީނަށް އިހުލާސްތެރި ފަރާތްތަކަކީ ޕީއެންސީގެ ލީޑަޝިޕު ކަމަށާއި އެމަނިކުފާނު އަރިހުގައި މިވަގުތު ތިބި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަދި މަލީހު ޖަމާލު ފަދަ ބޭފުޅުން އުޅުއްވަނީ ޔާމީނަށް ލަނޑެއް ދިނުމުގެ ރޭވުމެއްގެ ތެރެއިން ކަމަށް ތުހުމަތުކުރައްވައި އެ ޕެނަލް ޑިސްކަޝަނުގައި ގިނަ ބޭފުޅުން ވާހަކަ ދެއްކެވި އެވެ.

ޔާމީނު ގެއަށް ބަދަލުކުރަން ކުރީގެ ސަރުކާރަށް "މަޖުބޫރުކުރުވީ" މިހާރު ޕީއެންސީގެ ލީޑަޝިޕުގައި ތިބި ފަރާތްތަކުން ކަމަށާއި ލީޑަޝިޕުން ވަކިވަކިން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއަށް ގުޅުއްވި ކަމަށް ޝުޖާއު ވިދާޅުވި އެވެ.

ޕެނަލް ޑިސްކަޝަން ހޯސްޓު ކުރެއްވި ޕީއެންސީގެ އިސް ތަރުޖަމާނު ހީނާ ވަލީދުގެ ސުވާލުތައްވެސް މުޅީންހެން ހުރީ ޔާމީނަށް އަމާޒުވާ ގޮތަށެވެ.

އެގޮތުން، ޔާމީނުގެ ވަކީލުންގެ ޓީމުގައި ހިމެނޭ ބައެއް ފަރާތްތަކުން ކުރީގެ ސަރުކާރާ ގުޅިގެން މަސައްކަތް ކުރި ކަމުގެ ތުހުމަތުވެސް، ޕީއެންސީގެ ރިޔާސީ ޓިކެޓަށް ވާދަކުރެއްވި އާދަމް ޝަރީފު ކުރެއްވި އެވެ.

"މިހާރު ރައީސް ޔާމީނު އެ މަސައްކަތް ކުރައްވާ ގޮތުން، ރައީސް ޔާމީނު އިތުރަށް އެބަ މަސައްކަތް ކުރައްވަން އެބަޖެހޭ، ހަމަ ހަގީގަތުގަވެސް ސިޔާސީ ކުރިމަގެއް ފެންނަވާނެތޯ މިހާރު މިހާރު އެ ކުރިއަށްދާ ގޮތަށް ވަޑައިގަންނަވާނަމަ" އާދަމް ޝަރީފު ވިދާޅުވި އެވެ.

މީގެއިތުރުން، މީނުގެ އަރިހުގައި މިހާރު ތިއްބެވި ބޭފުޅުންނަކީ އެމަނިކުފާނަށް އިހުލާސްތެރި ބައެއް ނޫން ކަމަށް ސިފަކުރައްވައި، އެމަނިކުފާނުގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމާއި ދަރިކަލުން ޒެއިން އަބްދުﷲ ޔާމީނުގެ އިހުލާސްތެރިކަމާ މެދުގައި ވެސް ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ވަނީ މިއަދު ސުވާލު އުފައްދަވާފަ އެވެ.

"އަޅުގަނޑު ސުވާލު އުފައްދަން މިއަދު ކީއްވެގެންތޯ ރައީސް ޔާމީނު އެއޮތްހުރިހާ ދުވަހު ޖަލުގައި އޮތް އިރު މެޑަމް ފާތުމަ އެންމެ މުޒާހަރާއަކަށް ވަޑައިނުގަތީ. ޒޭނު އެންމެ މުޒާހަރާއަކަށް ވަޑައިނުގަތީ ކީއްވެގެންތޯ؟ މިއީ ސުވާލު އުފައްދަން ޖެހޭ ކަމެއް ނޫންތޯ؟" އަބްދުއް ރަހީމް ވިދާޅުވި އެވެ.

މުހިއްމު ބައެއް ހަބަރު