Advertisement

ރަޝިއާގައި ފެންބޮޑުވެ، 6000 މީހުން ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކޮށްފި

8 އޭޕްރީލް 2024 - 08:28 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ރަޝިއާގައި ފެންބޮޑުވުން: 6،000 ގެއަކުން މީހުން ރައްކާތެރި ހިސާބުތަކަށް ވަނީ ބަދަލުކޮށްފައި -- ފޮޓޯ: އޭޕީ


ރަޝިއާގައި ފެންބޮޑުވެ، 6000 މީހުން ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކޮށްފި

8 އޭޕްރީލް 2024 - 08:28 0

ރަޝިއާގެ ދެ ސިޓީއެއްގައި ފެންބޮޑުވެ، ގިނަ ބަޔަކު ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކޮށްފި އެވެ.

ރަޝިއާގައި ފެންބޮޑުވެފައި ވަނީ އުރަލް ކޯރުގެ ފެން ހުރި މިންވަރު އުފުލި، ކޯރު ބަންޑުންވުން ހުއްޓުވުމަށް ހަދާފައިވާ "ޑޭމް" ތަކުގެ މަތިން ފެން އަރައިގެންނެވެ.

ރިޕޯޓްތައް ބުނާ ގޮތުން އެ ޑޭމް ހަދާފައި ވަނީ 5.5 މީޓަރުގެ ފެނުގެ އުސްމިނަށެވެ. ނަމަވެސް ފެނުގެ އުސްމިން ވަނީ 9.9 މީޓަރަށް އުފުލުނެވެ.

ފެންބޮޑުވުމާ ގުޅިގެން 6،000 އަށްވުރެ ގިނަ ގެތަކުން މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލު ކޮށްފައިވާއިރު، ރަޝިއާގެ ސަރުކާރުން އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ރަޝިއާގެ އެހެން ބައެއް ސަރަހައްދުތަކުގައި ވެސް ފެންބޮޑުވެދާނެ ކަމަށް އިންޒާރު ވަނީ ނެރެފަ އެވެ. އަދި ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުމަށް ވަނީ އިލްތިމާސް ކޮށްފަ އެވެ.