Advertisement

ރަޝިއާގެ ޑެޕިއުޓީ ޑިފެންސް މިނިސްޓަރު ކޮރަޕްޝަންގެ ތުހުމަތުގައި ހައްޔަރުކޮށްފި

25 އޭޕްރީލް 2024 - 12:42 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ރަޝިއާގެ ޑެޕިއުޓީ ޑިފެންސް މިނިސްޓަރު: ކޮރަޕްޝަންގެ ތުހުމަތުގައި ވަނީ ހައްޔަރުކޮށްފައި -- ފޮޓޯ: ސްޕުޓްނިކް


ރަޝިއާގެ ޑެޕިއުޓީ ޑިފެންސް މިނިސްޓަރު ކޮރަޕްޝަންގެ ތުހުމަތުގައި ހައްޔަރުކޮށްފި

25 އޭޕްރީލް 2024 - 12:42 0

ރަޝިއާގެ ޑެޕިއުޓީ ޑިފެންސް މިނިސްޓަރު ޓިމޫރް އިވަނޮވް، 48 ކޮރަޕްޝަންގެ ތުހުމަތުގައި ހައްޔަރުކޮށްފި އެވެ.

ރަޝިއާ ސަރުކާރުން ބުނީ އަންގާރަ ދުވަހު އިވަނޮވް ހައްޔަރުކުރީ އެކި ފަހަރު މަތިން ރިޝްވަތު ނަގާފައިވާ ކަމުގެ ތުހުމަތުގައި ކަމަށެވެ.

ކޮރަޕްޝަންގެ ކުށް ސާބިތުވެއްޖެނަމަ އިވަނޮވްގެ މައްޗަށް 15 އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ. އިވަނޮވްގެ އިތުރުން އެހެން މީހަކު ވެސް ވަނީ މި މައްސަލައިގައި ހައްޔަރުކޮށްފަ އެވެ.

ރަޝިއާގެ އެންޓި ކަރަޕްޝަން ފައުންޑޭޝަނުން 2022 ގައި ވަނީ އިވަނޮވްގެ މައްޗަށް ކޮރަޕްޝަންގެ ތުހުމަތު ކޮށްފަ އެވެ.

އެފަހަރު ތުހުމަތުކުރީ ރިޝްވަތުގެ ފައިސާއިން އިވަނޮވް އާއި އޭނާގެ އާއިލާއިން އެކި ތަންތަނާއި، ޔޮޓްތައް ގަނެފައިވާ ކަމަށެވެ.

މައްސަލައިގައި އިވަނޮވް ދެ މަސް ދުވަހަށް ބަންދު ކުރުމަށް ހަމަޖެހިފައިވާއިރު، އެ މުއްދަތުގައި މައްސަލަ ތަހުގީގުކޮށް ދައުވާ ކުރުމުގެ ޕްރޮސެސް ނިންމާނެ އެވެ.