Advertisement

ގަނާކުރި މައްސަލަ ބަލަން މުއައްސަސާތަކުގެ ޓީމެއް ރަސްދޫގައި

6 އޭޕްރީލް 2024 - 12:35 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

އއ. ރަސްދޫ މަތިން ނަގާފައިވާ ފޮޓޯއެއް: ރަސްދޫގައި ކުޑަކުދިންތަކެއް ކުއްޖަކަށް ގަނާކުރި މައްސަލައެއް - ފޮޓޯ: އޮންބޯޑު އެމްވީ


ގަނާކުރި މައްސަލަ ބަލަން މުއައްސަސާތަކުގެ ޓީމެއް ރަސްދޫގައި

6 އޭޕްރީލް 2024 - 12:35 0

އއ. ރަސްދޫ މިސްކިތެއްގެ ވުޟޫކުރާ ސަރަހައްދުގައި ކުޑަކުއްޖަކަށް ގަނާކޮށް، އަނިޔާ ކުރި މައްސަލަ ބަލަން ސަރުކާރުގެ ކަމާ ގުޅުން ހުރި މުއައްސަސާތަކުގެ ޓީމެއް އެ ރަށުގައި ހަރަކާތްތެރިވަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި ގޮތުގައި ރަސްދޫގައި މި ވަގުތު ހަރަކާތްތެރިވަމުން ދަނީ ފުލުހުންގެ އިތުރުން ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީއާއި، ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްގެ އޮފިޝަލުން ހިމެނޭ ޓީމެކެވެ.

އިއްޔެ އޭގެ ވީޑިއޯއެއް ވަނީ ދައުރުވެފަ އެވެ. ސޯޝަލް މީޑިއާގައި ދައުރުވަމުން ދިޔަ އެ ވީޑިއޯގައި ދެ ކުއްޖަކު ވެގެން، ކުޑަކުއްޖަކަށް އަނިޔާކުރާ މަންޒަރު ފެނެ އެވެ.

ފުލުހުން ބުނި ގޮތުގައި، ގަނާ ކުރުމުގައި ބައިވެރިވީ 13 އަހަރުގެ ކުއްޖަކާއި 14 އަހަރުގެ ކުއްޖެކެވެ. އެ މައްސަލަ ސީރިއަސް މައްސަލައެއް ގޮތުގައި ބަލަމުންދާ ކަމަށް ފުލުހުން ރޭ ބުންޏެވެ.

މި މައްސަލަ ހިނގި ގޮތް ބެލުމަށް، ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީއަށް ވެސް ވަނީ ހުށަހަޅައިފަ އެވެ.