Advertisement

ރަސްދޫގައި ކުއްޖަކަށް ގަނާކުރި މައްސަލަ މަޖިލިސް ކޮމިޓީއަށް

6 އޭޕްރީލް 2024 - 11:48 1

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީގެ މުގައްރިރު ޖީހާން މަހުމޫދު - ފޮޓޯ: މަޖިލީސް


ރަސްދޫގައި ކުއްޖަކަށް ގަނާކުރި މައްސަލަ މަޖިލިސް ކޮމިޓީއަށް

6 އޭޕްރީލް 2024 - 11:48 1

އއ. ރަސްދޫ މިސްކިތެއްގެ ވުޟޫކުރާ ސަރަހައްދުގައި ކުޑަކުއްޖަކަށް ގަނާކޮށް، އަނިޔާ ކުރި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީއަށް ހުށަހަޅައިފި އެވެ.

އިއްޔެ އޭގެ ވީޑިއޯއެއް ވަނީ ދައުރުވެފަ އެވެ. ސޯޝަލް މީޑިއާގައި ދައުރުވަމުން ދިޔަ އެ ވީޑިއޯގައި ދެ ކުއްޖަކު ވެގެން، ކުޑަކުއްޖަކަށް އަނިޔާކުރާ މަންޒަރު ފެނެ އެވެ.

މީގެ ކަންބޮޑުވުން ބޮޑުވެފައިވަނިކޮށް، މަޖިލިސް ކޮމިޓީގެ މުގައްރިރު ޖީހާން މަހުމޫދު "އަދަދު" ނޫހާ ވާހަކަ ދައްކަވަމުން ވިދާޅުވީ އެ މައްސަލަ ކޮމިޓީއިން ބެލުމަށް ހުށަހަޅާފައިވާނެ ކަމަށެވެ.

"ރިޔާސަތުން (ކޮމިޓީގެ މުގައްރިރު) ހުށަހަޅާ މައްސަލައެއް ގޮތުގައި މިހާރު ވާނީ ކޮމިޓީއަށް އަޅުގަނޑު މި މައްސަލަ ބަލަން ހުށަހަޅައިފަ،" ހިންނަވަރު ދާއިރާ ތަމްސީލު ކުރައްވާ މެންބަރު ޖީހާން ވިދާޅުވި އެވެ.

ފުލުހުން ބުނި ގޮތުގައި، ގަނާ ކުރުމުގައި ބައިވެރިވީ 13 އަހަރުގެ ކުއްޖަކާއި 14 އަހަރުގެ ކުއްޖެކެވެ. އެ މައްސަލަ ސީރިއަސް މައްސަލައެއް ގޮތުގައި ބަލަމުންދާ ކަމަށް ފުލުހުން ރޭ ބުންޏެވެ.