Advertisement

ބާސެލޯނާއާ އެކު، ޗެމްޕިއަންސް ލީގު ފައިނަލް ކުޅެން ބޭނުން: ގުންޑޮގާން

6 އޭޕްރީލް 2024 - 08:46 0


ބާސެލޯނާއާ އެކު، ޗެމްޕިއަންސް ލީގު ފައިނަލް ކުޅެން ބޭނުން: ގުންޑޮގާން

6 އޭޕްރީލް 2024 - 08:46 0

ބާސެލޯނާ (އޭޕްރީލް 6) - ބާސެލޯނާއާ އެކު, ޔުއެފާ ޗެމްޕިއަންސް ލީގު ފައިނަލް ކުޅެން ބޭނުންވާ ކަމަށް އެ ޓީމުގެ މިޑްފީލްޑަރު އިލްކާއި ގުންޑޮގާން ބުނެފި އެވެ.

ގުންޑޮގާން ވަނީ މީގެ ކުރިން ޗެމްޕިއަންސް ލީގު ފައިނަލު ދެ ފަހަރެއްގެ މަތިން ކުޅެ އެއް ފަހަރު ކާމިޔާބުކޮށްފަ އެވެ. ގުންޑޮގާން ހިމެނޭ ސިޓީ އިން ވަނީ މިދިޔަ އަހަރު ޗެމްޕިއަންސް ލީގު ފައިނަލުގައި އިންޓަ މިލާން އަތުން 1-0 އިން މޮޅުވެފަ އެވެ.

ގިނަ މެޗުތަކެއްގައި ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު ގުންޑޮގާންގެ ލީޑަޝިޕާ އެކު ސިޓީން ވަނީ މިދިޔަ ސީޒަނުގެ ހުރިހާ ތައްޓެށް ކާމިޔާބު ކޮށްފަ އެވެ.

މި ފަހަރުގެ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި ބާސެލޯނާ ވާދަކުރަން ޖެހޭނީ ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީއާ އެވެ.

މީޑިއާއާ, ވާހަކަ ދައްކަމުން ގުންޑޮގާން ބުނީ ބާސެލޯނާއާ އެކު, ޗެމްޕިއަންސް ލީގު ފައިނަލް ކުޅެން ބޭނުންވާ ކަމަށެވެ. އަދި ޗެމްޕިއަންސް ލީގު ފައިނަލުގައި ކުޅޭނަމަ އިދިކޮޅުން ކޮންމެ ޓީމެއް ކުޅުނަސް ފަރުވާލެއް ނެތް ކަމަށް ގުންޑޮގާން ވަނީ ބުނެފަ އެވެ.

"އަހަރެން ބޭނުން ބާސާއާ އެކު, ޗެމްޕިއަންސް ލީގު ފައިނަލުގައި ކުޅެން. އަހަރެންނަށް ހެޔޮ އިދިކޮޅުން ކޮންމެ ޓީމެއް ކުޅުނު ކަމުގައިވިޔަސް." ގުންޑޮގާން ބުންޏެވެ.

ކުރީގެ ކުލަބް ސިޓީއާ ދެކޮޅަށް ފައިނަލް ކުޅެން ބޭނުންވޭތޯ ނޫސްވެރިއަކު ސުވާލު ކުރުމުން ގުންޑޮގާން ބުނީ ސިޓީގައި އޮތީ ވަރުގަދަ ސްކޮޑެއް ކަމަށާއި, އެކަމަކު ޗެމްޕިއަންސް ލީގަކީ ކޮންމެފަދަ ގޮތަކަށްވެސް ނަތީޖާ ނުކުމެދާނެ މުބާރާތެއް ކަމަށެވެ.

ސިޓީ ދޫކޮށް މި ސީޒަނުގައި ގުންޑޮގާން ބާސެލޯނާ އަށް ބަދަލުވިއިރު, މި ސީޒަނުގައި ގުންޑޮގާން ވަނީ އެ ޓީމަށް މޮޅު ކުޅުމެއް ދައްކައިފަ އެވެ.