Advertisement

ޕާކިސްތާނުގެ އިސް 17 ގާޒީއަކަށް ވިހަ ކުނޑިލީ ސިޓީތަކެއް ފޮނުވައިފި

5 އޭޕްރީލް 2024 - 21:34 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އިސްލާމްއާބާދު ހައި ކޯޓު ކައިރީ ފުލުހުންތަކެއް މަޑުކޮށްލައިގެން -- ފޮޓޯ: އޭއެފްޕީ


ޕާކިސްތާނުގެ އިސް 17 ގާޒީއަކަށް ވިހަ ކުނޑިލީ ސިޓީތަކެއް ފޮނުވައިފި

5 އޭޕްރީލް 2024 - 21:34 0

ޕާކިސްތާނުގެ އިސް 17 ގާޒީއަކަށް ވިހަ ކުނޑިލީ ސިޓީތަކެއް ދީފި އެވެ.

ރިޕޯޓްތައް ބުނާގޮތުން ހުދު ކުލައިގެ ވިހަ ކުނޑިއެއް ލާފައި ހުރި ސިޓީތަކެއް ޕާކިސްތާނުގެ އިސް 17 ގާޒީއަކަށް ދީފައި ވަނީ އަންގާރަ ދުވަހު އެވެ.

މި މައްސަލަ ޕާކިސްތާނުގެ ފުލުހަށް ހުށަހަޅާފައިވާއިރު، ސީރިއަސް މައްސަލައެއް ގޮތުގައި ތަހުގީގު ކުރަން މިހާރު ވަނީ ފަށާފައި ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ނަމަވެސް އޭގެ ސަބަބުން އެއްވެސް ގާޒީއަކަށް ގެއްލުމެއް ލިބިފައިވާ ކަމަށް މިހާތަނަށް ރިޕޯޓް ކޮށްފައެއް ނުވެ އެވެ.

ސިޓީތައް ދީފައި ވަނީ އިސްލާމްއާބާދު ހައި ކޯޓާއި، ލާހޯރް ހައި ކޯޓު އަދި ސުޕްރީމް ކޯޓުގެ ގާޒީންނަށެވެ. މިކަމުގެ ޒިންމާ ޕާކިސްތާނުގެ ހަނގުރާމަވެރި ޖަމާއަތަކުން ނަގާފައިވާ ކަމަށް އެ ގައުމުގެ ފުލުހުން ވަނީ ބުނެފަ އެވެ.