Advertisement

ކަނޑުފޭރޭ ބަޔަކު ހައިޖެކް ކުރި އިރާނުގެ މަސް ބޯޓެއް އިންޑިއާއިން ސަލާމަތްކޮށްފި

31 މާރިޗު 2024 - 17:09 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ކަނޑު ފޭރޭ މީހުން ހައިޖެކްކުރި އިރާނުގެ މަސް ބޯޓު އިންޑިއާއިން ސަލާމަތްކުރުން -- ފޮޓޯ: އެކްސް


ކަނޑުފޭރޭ ބަޔަކު ހައިޖެކް ކުރި އިރާނުގެ މަސް ބޯޓެއް އިންޑިއާއިން ސަލާމަތްކޮށްފި

31 މާރިޗު 2024 - 17:09 0

ސޯމާލިއާގެ ކަނޑު ފޭރޭ މީހުން ހައިޖެކްކުރި އިރާނުގެ "އަލް ކަމްބާރް 786" މަސް ބޯޓު އިންޑިއާގެ ކަނޑުގެ ސިފައިން އިއްޔެ ސަލާމަތްކޮށްފި އެވެ.

އިންޑިއާއިން ކުރިއަށްގެންދިޔަ ރެސްކިއު އޮޕަރޭޝަނެއްގައި މަސް ބޯޓު ސަލާމަތް ކުރިއިރު، އެ ބޯޓުގައި 29 ޕާކިސްތާނު މީހުން ތިއްބެވެ.

ސަލާމަތްކުރި ޕާކިސްތާނު މީހުންގެ ތެރެއިން ބަޔަކު އިންޑިއާއިން އެ މީހުން ސަލާމަތް ކޮށްދިނުމުން ޝުކުރު އަދާކޮށްފަ އެވެ. އަދި ޝުކުރު އަދާކުރި ވީޑިއޯ މީސް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ.

ބޯޓު ހައިޖެކް ކޮށްގެން ތިބި ސޯމާލިއާގެ ނުވަ ކަނޑުފޭރޭ މީހުން އަމާން ދިނުމުން، އެ އެންމެން ވަނީ ހައްޔަރުކޮށްފަ އެވެ. ހައްޔަރުކުރި މީހުން އިންޑިއާއަށް ގެންގޮސްފައިވާއިރު، ބޯޓުން ސަލާމަތްކުރި މީހުންގެ މެޑިކަލް ޗެކަޕް ހެދުމަށް ފަހު އެ މީހުން ވަނީ ދޫކޮށްލާފަ އެވެ.

މި މަސް ބޯޓު ހައިޖެކްކުރީ މާޗު 28، ގައި ޔަމަނުގެ ސޮކޮޓްރާއިންނެވެ. މި ބޯޓޫ ހައިޖެކްކުރި ވަގުތުން ފެށިގެން އިންޑިއާގެ ކަނޑު ސިފައިން ދިޔައީ ބޯޓު ސަލާމަތް ކުރުމަށް މަސައްކަތް ކުރަމުންނެވެ.

އިންޑިއާއިން އަންނަނީ ކަނޑު ފޭރޭ މީހުންނާ ދެކޮޅަށް ފަހަކަށް އައިސް ވަރުގަދަ އޮޕަރޭޝަންތައް ހިންގަމުންނެވެ. މި އޮޕަރޭޝަންތަކުގެ ތެރެއިން ގިނަ ބޯޓުތަކެއް ސަލާމަތްކޮށް، ގިނަ އަދަދެއްގެ ކަނޑުފޭރޭ ބަޔަކު ވެސް ހައްޔަރުކޮށްފައިވެ އެވެ.