Advertisement

ތަކެތީގެ އަގު އުފުލި، ޕާކިސްތާނަށް އުނދަގޫ ރޯދަ މަހެއް!

14 މާރިޗު 2024 - 09:23 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ޕާކިސްތާނުގެ މާރުކޭޓެއްގައި އަންހެނުންތަކެއް އެއްޗެހި ގަންނަނީ -- ފޮޓޯ: އޭއެންއައި


ތަކެތީގެ އަގު އުފުލި، ޕާކިސްތާނަށް އުނދަގޫ ރޯދަ މަހެއް!

14 މާރިޗު 2024 - 09:23 0

ތަކެތީގެ އުފުލި، ޕާކިސްތާނަށް އުނދަގޫ ރޯދަ މަހަކާ ކުރިމަތިލާން ޖެހިއްޖެ އެވެ.

ޕާކިސްތާނުގައި ފިޔާ ކިލޯއެއް ކުރިން އެ ގައުމުގެ 150ރ. އަށް ލިބެން ހުރި ނަމަވެސް، އަގު ވަނީ 300ރ. އަށް އުފުލިފަ އެވެ. އަދި ބައެއް ތަންތަނުން 250ރ އަށްވެސް އަންނަނީ ފިޔާ ވިއްކަމުންނެ އެވެ.

އަލުވި ކިލޯއެއް ކުރިން ޕާކިސްތާނުގެ 50ރ. އަށް ލިބުނު ނަމަވެސް، މިހާރު ކިލޯއެއް ލިބެން ހުރީ 80ރ އަށެވެ. އަދި އެ ގައުމުގެ 100ރ. އަށް ލިބެންހުރި ކެބެޖު ކިލޯއެއް މިހާރު ލިބެނީ 150ރ. އަށެވެ.

މީގެއިތުރުން މިރުސް ކިލޯއެއް ކުރިން ޕާކިސްތާނުގެ 200ރ. އަށް ލިބުނު ނަމަވެސް މިހާރު ކިލޯއެއް ލިބެން ހުރީ 320ރ. އަށެވެ.

ޕާކިސްތާނުގައި މޭވާގެ އަގުވެސް ވަނީ ބޮޑުތަނުން އުފުލިފައިވާއިރު، ކޮންމެ ބާވަތަކުން އެވްރެޖުކޮށް 50ރ. އާއި 100ރ. އާ ދެމެދު އަގު ވަނީ އުފުލިފަ އެވެ.

ރިޕޯޓްތައް ބުނާގޮތުން ޕާކިސްތާނުގައި ކާބޯތަކެތީގެ އަގު ވަނީ އެވްރެޖުކޮށް 60 ޕަސެންޓު އުފުލިފަ އެވެ.

ކާބޯތަކެތީގެ އަގު ރޯދަ މަހާ ދިމާކޮށް އުފުލިގެންދިޔައިރުވެސް ސަރުކާރުން އެކަމަށް އެދެވޭ ފިޔަވަޅުތަކެއް އަޅާފައި ނުވާތީ ޕާކިސްތާނުގެ އާންމުން އަންނަނީ އެކަމާ ނުރުހުން ފާޅު ކުރަމުންނެ އެވެ.