Advertisement

ބީއެމްއެލްގެ ރެކޯޑު ފައިދާއާ ގުޅިގެން ހިއްސާގެ ފައިދާއަށް ވެސް ރެކޯޑު އަދަދެއް

4 އޭޕްރީލް 2024 - 14:13 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އޮފީހެއް: ބީއެމްއެލްއަށް މިދިޔަ އަހަރު ދެ މިލިއަން ރުފިޔާ ފައިދާވި -- އަދަދު ފައިލް ފޮޓޯ


ބީއެމްއެލްގެ ރެކޯޑު ފައިދާއާ ގުޅިގެން ހިއްސާގެ ފައިދާއަށް ވެސް ރެކޯޑު އަދަދެއް

4 އޭޕްރީލް 2024 - 14:13 0

މިދިޔަ އަހަރަކީ ބޭންކް އޮފް މޯލްޑިވްސް އިން މިހާތަނަށް އެންމެ ރަނގަޅު މާލީ ނަތީޖާއެއް ހޯދި އަހަރު ކަމަށްވާއިރު، ހިއްސާއަކަށް 50ރ. ގެ މަހުން ބަހަން ބޭންކުގެ ބޯޑުން މިއަދު ފާސްކޮށްފި އެވެ.

ބީއެމްއެލްއަށް މިދިޔަ އަހަރު ޓެކުހަށް ކެނޑުމަށްފަހު ސާފު ފައިދާ)ގެ ގޮތުގައި 2.07 ބިލިއަން ރުފިޔާ ލިބުނެވެ. މިއާ ގުޅިގެން ބީއެމްއެލްގެ ޑިރެކްޓަރުންގެ ބޯޑުން ނިންމީ ހީއްސާއަކަށް 50ރ. ގެ މަގުން ބަހަން އަހަރީ އާންމު ޖަލްސާގައި ހުށަހަޅާށެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގް ޑައިރެކްޓަރު ކާލް ސްޓުމްކަ ވިދާޅުވީ ބޭންކަށް ރެކޯޑް ނަތީޖާއެއް ހޯދުނުކަމީ އުފަލާއެކު ފާހަގަކުރާ ކަމެއް ކަމަށާއި، މިއީ ބޭންކަށް ސާފު ފައިދާގެ ގޮތުގައި ދެ ބިލިއަން ރުފިޔާ އަށް ވުރެ މަތީ އަދަދެއް ލިބުނު ފުރަތަމަ ފަހަރު ކަމަށެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގް ޑައިރެކްޓަރު ކާލް ސްޓުމްކަ -- ފޮޓޯ: ބީއެމްއެލް


"ބޭންކުގެ މި ނަތީޖާއާ ގުޅިގެން ބޯޑުން ވަނީ ހިއްސާގެ ފައިދާގެ ގޮތުގައި ޖުމްލަ 269 މިލިއަން ރުފިޔާ ބެހުމަށް ހުށަހަޅާފައި. މިއީ ބޭންކުގެ ތާރީހުގައި ވެސް ހިއްސާދާރުންނަށް ދިނުމަށް ހުށަހެޅުނު އެންމެ މަތީ އަދަދު،" ކާލް ސްޓުމްކަ ވިދާޅުވި އެވެ.

މީގެއިތުރުން ކާލް ސްޓުމްކަ ވިދާޅުވީ ބޭންކުގެ އެންމެ ބޮޑު ހިއްސާދާރުކަމަށްވާ ދިވެހި ސަރުކާރަށް މި ނަތީޖާއާއެކު ހިއްސާގެ ފައިދާގެ ގޮތުގައި 136.6 މިލިއަން ރުފިޔާ އަދި 2023 ވަނަ އަހަރުގެ ޓެކުހުގެ ގޮތުގައި އިތުރު 628 މިލިއަން ރުފިޔާ ލިބޭނެ ކަމަށެވެ.

ރާއްޖޭގެ މާލީދާއިރާގެ ހަމަޖެހުން ކަށަވަރުކުރުމުގެ އިތުރު ޒިންމާއާއެކު ބޭންކު ހިންގުމަށް ފާއިތުވި އަހަރު ޑިރެކްޓަރުންގެ ބޯޑުން ދެއްވި ލަފައާއި އިރުޝާދަށް އެ ބޭފުޅުންނަށް ވަރަށް ހާއްސަ ޝުކުރެއް ދަންނަވާ ކަމަށް ކާލް ސްޓުމްކަ ވިދާޅުވި އެވެ.