Advertisement

މަދަނީ ވައިގެ ދަތުރުފަތުރާ ގުޅޭ މައްސަލަތައް ރިޕޯޓުކުރަން ހާއްސަ ނިޒާމެއް ގާއިމުކޮށްފި

3 އޭޕްރީލް 2024 - 15:41 0

ގައުމީ އެއާލައިން ކަމަށްވާ މޯލްޑިވިއަންގެ ދެ އޭޓީއާރު މަރުކާގެ ފްލައިޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖެއްސުމުގެ ކުރިން. ރާއްޖޭގައި ރާއްޖޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޝަން ހިންގާއިރު ތިން އެއާލައިނަކުން އެތެރޭގެ އުދުހުންތައް ކުރޭ --- ފޮޓޯ: އަދަދު ފައިލް


މަދަނީ ވައިގެ ދަތުރުފަތުރާ ގުޅޭ މައްސަލަތައް ރިޕޯޓުކުރަން ހާއްސަ ނިޒާމެއް ގާއިމުކޮށްފި

3 އޭޕްރީލް 2024 - 15:41 0

ރާއްޖޭގެ މަދަނީ ވައިގެ ދަތުރުފަތުރުގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން އެކަމާ ގުޅޭ މައްސަލަތައް ކަމާގުޅޭ އިދާރާތަކުގެ ސަމާލުކަމަށް ގެނައުމުގެ ގޮތުން ހާއްސަ ރިޕޯޓުކުރާނެ ނިޒާމެއް ގާއިމުކޮށްފި އެވެ.

ޑިފެންސް މިނިސްޓްރީގެ ދަށުން ގާއިމުކޮށްފައިވާ ޑިރެކްޓޮރޭޓް އޮފް އޭވިއޭޝަން ސެކިއުރިޓީ އެޑްމިނިސްޓްރޭޝަން (ޑާސާ) އިން ނެރުނު ސާކިއުލާއެއްގައި ވަނީ "އޭވިއޭޝަން ސެކިއުރިޓީ ކޮންފިޑެންޝިއަލް ރިޕޯޓިން ސިސްޓަމް" ގާއިމުކޮށްފައިވާ ކަމަށެވެ.

މިއީ މަދަނީ ވައިގެ ދަތުރުފަތުރަށް ނުރަނގަޅު އަސަރުކޮށްފާނެ ކަމަށް ބެލެވޭ ކަންކަން ހުށަހެޅޭނެ ނިޒާމެކެވެ. އޭގެ އިތުރުން, ވައިގެ ދަތުރުފަތުރާ ގުޅޭގޮތުން ހަދާފައިވާ ގަވާއިދުތަކާއި އުސޫލުތަކާއި ހިލާފު ކަމެއް ރާއްޖޭގެ ވައިގެ ބަނދަރުތަކާއި, ފްލައިޓުތަކާއި, ސަލާމަތާއި ގުޅުން ހުރި ތަނެއްގައި ހަރަކާތްތެރިވާ މީހަކަށް ނުވަތަ ދަތުރުވެރިޔަކަށް ފާހަގަވެއްޖެނަމަ ރިޕޯޓު ކުރެވޭނެ އެވެ.

މައްސަލަ ހުށަހަޅާ ފަރާތުގެ ވަނަވަރު ހާމަނުކޮށް ވެސް މި ނިޒާމުގެ ތެރެއިން މައްސަލަ ހުށަހެޅޭނެ ކަމަށް ޑާސާއިން ބުނެ އެވެ. ޑިފެންސް މިނިސްޓްރީގެ ވެބްސައިޓު މެދުވެރިކޮށް މިފަދަ މައްސަލަތައް ހުށަހެޅޭނެ އެވެ.