Advertisement

މިސްކިތްތަކުން ފަންކާ ވަގަށް ނަގާ މީހާ ހޯދައިފި

3 އޭޕްރީލް 2024 - 12:36 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ތަގުވާ މިސްކިތުން ފަންކާ ވަގަށް ނަގާ މަންޒަރު --


މިސްކިތްތަކުން ފަންކާ ވަގަށް ނަގާ މީހާ ހޯދައިފި

3 އޭޕްރީލް 2024 - 12:36 0

އެކި މިސްކިތްތަކުން ފަންކާތަކެއް ވަގަށް ނަގާފައިވާ މައްސަލައާ ގުޅިގެން 31 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައިވާ ގޮތުން އެ މީހަކު ހައްޔަރުކުރީ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ފަންކާއެއް ހިފައިގެން ދަނިކޮށް މިދިޔަ ހޯމަ ދުވަހު އެވެ.

"މި މައްސަލައިގެ ތަހުގީގުގައި ފުލުހުން ކުރަމުން ދިޔަ މަސައްކަތުން، ވަގަށް ނަގާފައިވާ ފަންކާތަކެއް ވިއްކާލާފައި ވަނިކޮށް މިހާރު ވަނީ ހޯދާފައި، އެ ގޮތުން ވަގަށް ނަގާފައިވާ ހަ ފަންކާއެއް އެކި ދުވަސް މަތިން ފުލުހުން ހޯދާފައިވޭ،" ފުލުހުން ބުންޏެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ހޯމަ ދުވަހު ކޯޓަށް ހާޒިރު ކުރުމުން 15 ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރު ކޮށްފަ އެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައިވާ މީހާއަކީ މި ފަހުން މިސްކިތަކުން ފެން މޯޓަރު ވެސް ވަގަށް ނަގާފައިވާ މައްސަލާގައި ވެސް ތުހުމަތުކުރެވޭ މީހާ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލަތައް ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.