Advertisement

އެންމެ ތިން މަހުން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ހަ ލައްކައިން މައްޗަށް

2 އޭޕްރީލް 2024 - 20:21 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންތަކެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި -- ފޮޓޯ: އަދަދު ފައިލް


އެންމެ ތިން މަހުން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ހަ ލައްކައިން މައްޗަށް

2 އޭޕްރީލް 2024 - 20:21 0

މި އަހަރުގެ ފުރަތަމަ ތިން މަސްދުވަސް ނިމުނުއިރު، ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ހަ ލައްކައިން މައްޗަށް އަރައިފި އެވެ.

މިއީ މިހައިތަނަށް އަހަރެއްގެ ފުރަތަމަ ތިން މަސްދުވަހުގެ ތެރޭގައި ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި އަހަރެވެ. ރާއްޖެއަށް މީގެ ކުރިން އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކޮށްފައި ވަނީ މިދިޔަ އަހަރެވެ.

މިދިޔަަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތް ކޮށްފައި ވަނީ 523،928 ފަތުރުވެރިންނެވެ. މި އަހަރުގެ މާޗު 31، އާ ހަމައަށް 605،004 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރީގެ ތަފާސްހިސާބުތަކުން ދައްކަ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅައި ބަލާއިރު، 15.3 ޕަސެންޓުގެ ކުރިއެރުމެކެވެ.

ޓޫރިޒަމް މިނިސްޓަރީން އިއްޔެ އާންމުކުރި ފަތުރުވެރިންގެ އަދާހަމައިން ފެންނަ ގޮތުގައި ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން މި އަހަރުގެ މިހައިތަނަށް ޒިޔާރަތް ކޮށްފައިވަނީ ޗައިނާއިންނެވެ. އެ ލިސްޓުގެ ދެވަނައިގައި ރަޝިޔާ އޮތްއިރު، ތިން ވަނައިގައި އޮތީ ޔޫކޭ އެވެ.

ކޮވިޑުގެ މުއްދަތުގައި ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި، އިންޑިއާ އޮތީ އެ ލިސްޓުގެ ހަވަނައިގަ އެވެ. އިންޑިއާއިން ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ އަދަދު ދަށަށް ދިޔައީ މިދިޔަ ޖެނުއަރީ މަހު ސަރުކާރުގެ ޑެޕިއުޓީ މިނިސްޓަރުންތަކެއް އިންޑިއާގެ ބޮޑުވަޒީރަށް ފުރައްސާރަކޮށް އެކްސްގައި ކުރި ޕޯސްޓުތަކަކާ ގުޅިގެން ރާއްޖެ ބޮއިކޮޓު ކުރުމަށް އެގައުމުގައި ހިންގި ކެމްޕޭނަށް ފަހެވެ.

ކޮވިޑުގެ ހާލަތުން އަރައިގަނެ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ހަމަޖެހެމުން އައިސް މިދިޔަ އަހަރު ރާއްޖެއަށް ވަނީ 1.8 މިލިއަން ފަތުރުވެރިން ޒިޔާރަތް ކޮށްފަ އެވެ.