Advertisement

ރާއްޖެއަށް މި އަހަރު ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދު ހަތް ލައްކައިން މައްޗަށް

24 އޭޕްރީލް 2024 - 12:12 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ރާއްޖެއަށް ފަތުރުވެރިންތަކެއް ޒިޔާރަތްކުރުން: މި އަހަރު މިހާތަނަށް އައި ފަތުރުވެރިންގެ އަދަދު ވަނީ ހަތް ލައްކަ ހުރަސްކޮށްފައި -- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު


ރާއްޖެއަށް މި އަހަރު ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދު ހަތް ލައްކައިން މައްޗަށް

24 އޭޕްރީލް 2024 - 12:12 0

ރާއްޖެއަށް މި އަހަރު ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ހަތް ލައްކައިން މައްޗަސް އަރައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ އިއްޔެގެ ތަފާސްހިސާބުތައް ދައްކާގޮތުން ހޯމަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 728،950 ފަތުރުވެރިން ޒިޔާރަތް ކުރި އެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 13.1 ޕަސެންޓުގެ ކުރިއެރުމެކެވެ.

ޓޫރިޒަމް މިނިސްޓްރީން އެޕްރިލް 17، ގައި އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުގައި ރާއްޖެއަށް އެޕްރިލް 16، ގެ ނިޔަލަށް ޒިޔާރަތްކުރީ 698،893 ފަތުރުވެރިންނެވެ.

ނަމަވެސް ހަ ދުވަސް ތެރޭގައި ރާއްޖެއަށް ވަނީ 30،057 ފަތުރުވެރިން ޒިޔާރަތް ކޮށްފަ އެވެ.

ރާއްޖެއަށް 77،709 ފަތުރުވެރިންނާއެކު އެންމެ ގިނައިން ޗައިނާ ފަތުރުވެރިން ޒިޔާރަތްކުރިއިރު، ދެ ވަނައަށް 72،635 ފަތުރުވެރިންނާއެކު އެންމެ ގިނައިން ޒިޔާރަތްކުރީ އިނގިރޭސިވިލާތުގެ ފަތުރުވެރިންނެވެ.

ތިން ވަނައަށް 66،170 ފަތުރުވެރިންނާއެކު އެންމެ ގިނައިން ޒިޔާރަތްކުރީ ރަޝިއާ މީހުންނެވެ. އަދި ހަތަރު ވަނައަށް 63،311 ފަތުރުވެރިންނާއެކު އެންމެ ގިނައިން ޒިޔާރަތްކުރީ ޖަރުމަނުގެ ފަތުރުވެރިންނެވެ.

ރާއްޖެއަށް މި އަހަރު ދުވާލަކު 6،451 ފަތުރުވެރިން ޒިޔާރަތްކުރާއިރު، 7.9 ދުވަހު ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިން މަޑުކުރެ އެވެ.

މިދިޔަ އަހަރު ރާއްޖެއަށް 1.8 މިލިއަން ފަތުރުވެރިން ޒިޔާރަތް ކޮށްފައިވާއިރު، މި އަހަރު 2.3 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ އަމާޒު ހިފާފަ އެވެ.