Advertisement

16 ޓީމާ އެކު އޭދަފުށި ފުޓްސަލް ކަޕް މި މަހު 8 ގައި ފަށަނީ

2 އޭޕްރީލް 2024 - 23:28 0

އަތޫފް އާތިފް

އަތޫފް އާތިފް

މިދިޔަ އަހަރުގެ ފައިނަލުގައި ކުޅުނު އަފްރޯ އާއި އޯލް ވުލްވްސް ކުޅުންތެރިންނާއި އޮފިޝަލުން ފޮޓޯ އަކަށް ހުއްޓިލައިގެން.


16 ޓީމާ އެކު އޭދަފުށި ފުޓްސަލް ކަޕް މި މަހު 8 ގައި ފަށަނީ

2 އޭޕްރީލް 2024 - 23:28 0

ބ. އޭދަފުށި ކައުންސިލުން އިންތިޒާމު ކޮށްގެން އެ ރަށުގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް ކަމަށްވާ, "އުރީދޫ އޭދަފުށި ފުޓްސަލް ކަޕް 2024" 16 ޓީމާ އެކު މި މަހު އަށް ވަނަ ދުވަހު ފަށަން ނިންމައިފި އެވެ.

މިދިޔަ އަހަރު ކުރިއަށްދިޔަ މުބާރާތުގެ ޗެމްޕިއަން ޓީމަކީ އަފްރޯ ސްޕޯޓްސް ކުލަބެވެ. އެ ޓީމުން މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ އޯލް ވުލްވްސްގެ މައްޗަށް ކުރިހޯދައިގެންނެވެ.

މި ފަހަރުގެ މުބާރާތުގައި އެންމެ ފުރަތަމަ ސަތާރަ ޓީމަކުން ބައިވެރިވާނެ ކަމަށް ބެލެވުނެވެ. އެކަމަކު، އެންމެ ފަހުން، ބައިވެރިވުމުގެ މުއްދަތު ހަމަވިއިރު، ނަން ހުށަހެޅީ 16 ޓީމަކުންނެވެ.

މި މުބާރާތުގެ މެޗުތައް ކުޅެވޭނީ ހަތަރު ގްރޫޕަކަށް ބަހާލައިގެންނެވެ. ކޮންމެ ގްރޫޕެއްގެ ވެސް އެއް ވަނަ އާއި ދެ ވަނަ ޓީމަށް ކުއާޓާ ފައިނަލުން ޖާގަ ލިބޭނެ އެވެ.

ގްރޫޕް އޭ

ނަލަ ބްރަދާސް

ކީވަން އެފްސީ

ބީކޭ ސްޕޯޓްސް ކުލަބް

ޔުނައިޓެޑް ވީ

ގްރޫޕް ބީ

އަފްރޯ ސްޕޯޓްސް ކުލަބް

އެފްސީ ސަޑަންލީ

ސީސީ ސްޕޯޓްސް ކުލަބް

އެފްސީ މާލިންސް

ގްރޫޕް ސީ

މުރިނގު އެފްސީ

ވީ ވެލާ

އެއިޓީ ފޯ އެފްސީ

ކޭބަލް ބްރަދާސް

ގްރޫޕް ޑީ

އޯލް ވުލްވްސް

އެފްސީ ދުންތަރި

ފްރެންޑްސް

ވެލާ ސްޕޯޓްސް ކުލަބް

މި މުބާރާތުގެ ފައިނަލް ކުޅޭނީ މި މަހު 17 ގަ އެވެ. މުބާރާތުގެ ހުރިހާ މެޗެއް އޭދަފުށި ކައުންސިލް ފޭސްބުކް ޕޭޖު އާއި ޔޫޓިއުބުން ލައިވްކޮށް ދައްކާނެ އެވެ.

މި މަހު ހަތް ވަނަ ދުވަހު، މުބާރާތް ފަށާނީ، ނަލަ ބްރަދާސް އާއި ކީވަން ބައްދަލުކުރާ މެޗުންނެވެ. ދެ ވަނަ މެޗުގައި އަފްރޯ ނުކުންނާނީ ސަޑަންލީއާ ދެކޮޅަށެެވެ. ފުރަތަމަ ރޭގެ ފަހު މެޗުގައި، މުރިނގު އެފްސީ ކުޅޭނީ ވީ ވެލާއާ އެވެ.

މުޅި ރާއްޖެ އަށް ހުޅުވާލައިގެން ކުޅޭ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖްގެ މި ފަަހަރުގެ ޗެމްޕިއަންކަން ހޯދީ އޭދަފުށިންނެވެ. އެއާ އެކު، އެ ރަށުގައި ފުޓްސަލްގެ ފޯރި ވަނީ ވަރަށް ބޮޑަށް ގަދަވެފަ އެވެ. އަނެއްކޮޅުން، މި ފަހަރުގެ އޭދަފުށީ ފުޓްސަލް ކަޕްގައި އެ ރަށުގެ މަޝްހޫރު ކުޅުންތެރިންގެ އިތުރުން މުޅި ރާއްޖޭގެ ނިސްބަތުން ވެސް ފާހަގަކޮށްލެވޭ މޮޅު ކުޅުންތެރިން ކުޅޭނެ އެވެ.

މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރެއްގެ ގޮތުގައި ހަރަކާތްތެރިވާނީ، އަދަދު ސްޕޯޓްސް އެވެ.