Advertisement

އީދު ބަންދު ނިމުމުގެ ކުރިން މަޖިލިސް ޖަލްސާތައް ނުބާއްވަން ނިންމައިފި

1 އޭޕްރީލް 2024 - 22:05 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް: އީދު ބަންދުގެ ފަހުން ދެން ޖަލްސާތައް ބޭއްވުމަށް ނިންމައިފި - ފޮޓޯ: މަޖިލީސް


އީދު ބަންދު ނިމުމުގެ ކުރިން މަޖިލިސް ޖަލްސާތައް ނުބާއްވަން ނިންމައިފި

1 އޭޕްރީލް 2024 - 22:05 0

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް އީދު ބަންދު ނިމުމުގެ ކުރިން ދެން ނުބޭއްވުމަށް ނިންމައިފި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމާލައްވަމުން، ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވި ގޮތުގައި އެ ގޮތަށް ނިންމެވީ މަޖިލީހުން މިހާތަނަށް އަމަލުކޮށްފައި އޮންނަ ގޮތަކީ، ސަރުކާރު ބަންދު ނޫން ދުވަސްތަކުގައި މަޖިލީހުގެ ޖަލްސާ ބޭއްވުން ކަމަށް ވާތީ އެވެ.

އަދި ރައްޔިތުންގެ މަޖިލީހުގެ މުވައްޒަފުންގެ ގަވާއިދުގެ ވެސް މަސައްކަތު ގަޑި އޮންނަނީ ސަރުކާރުގެ މަސައްކަތުގެ ގަޑި އާއި އެއް ގޮތަށް ކަމަށް ވެސް އަސްލަމް ވިދާޅުވި އެވެ.

"... އެހެންވެ މިއަދުގެ މި ވަގުތަކީ ވެސް ޕާލަމެންޓް ސާވީސްގެ މުވައްޒަފުންގެ ޗުއްޓީ ދުވަހެއް، ޕާލަމެންޓް ސާވީސްގެ މުވައްޒަފުން އިތުރު ގަޑީގައި މިއަދު ވެސް ނެރެގެން މަސައްކަތް މި ކުރަނީ،" އަސްލަމް ވިދާޅުވި އެވެ.

އެހެންވިޔަސް ރޯދަ މަހުގެ ކުރިއަށް އޮތް ފަހު ދިހައެއްގެ ދެން އޮތް ނުވަ ދުވަސް އަދި އީދު ބަންދުގެ ދެ ދުވަސް ވެސް ހިމެނޭ ގޮތަށް މަޖިލީހުގެ ޖަލްސާތައް ނުބޭއްވުމަށް ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ.

"ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައްވެސް ގެންދާނީ އީދު ބަންދު ފަހުން ކަމަށް ދަންނަވަން އަދި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ އެއް ދެން އޮންނާނެ ތާރީހެއް ފަހުން އަންގާނެ ވާހަކަ ދަންނަވަން،" ހިތަދޫ އުތުރު ދާއިރާގެ މެންބަރެއްގެ ގޮތުގައި މަޖިލީހަށް އިންތިހާބުވި އަސްލަމް ވިދާޅުވި އެވެ.

މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން މަޖިލީހުގެ ދައުރުގެ މުއްދަތުގައި ކޮންމެ ހަފުތާއެއްގެ ހޯމަ، އަންގާރަ، އަދި ބުދަ ދުވަހު މަޖިލީހުގެ ޖަލްސާތައް ބާއްވަ އެވެ. އެކަމަކު އާންމުކޮށް ވެސް ސަރުކާރު ރަސްމީ ބަންދު ދުވަހަކާ ދިމާވާނަމަ، އެ ދުވަހަކު މަޖިލީހުގެ ޖަލްސާއެއް ނުބާއްވަ އެވެ.