7 އޮގަސްޓު 2024 - 12:29 0
އަހުމަދު އާއިދު
އާޓް ވޯކް: އިސްމާއިލް އިމްދާދު / އަދަދު
7 އޮގަސްޓު 2024 - 12:29 0
އެޕްރީލް 21، ގައި ސަރުކާރު ހިންގާ ޕީއެންސީން މެޖޯރިޓީ ކާމިޔާބު ކުރި ރައްޔިތުންގެ މަޖިލީހުގެ ކެމްޕޭނާ ދިމާކޮށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އަށް މުޅިން އަލަށް 291 މުވައްޒަފުން ނެގިކަން އެނގިއްޖެ އެވެ.
މި އަހަރު ފުރަތަމަ ދުވަހު ފެށިގެން ޖުލައި 1، އާ ހަމައަށް އާރުޑީސީއަށް ނެގި އަދި ވަޒީފާއިން ވަކިކުރި މުވައްޒަފުންގެ އަދަދުތައް އެ ކުންފުނިން ހިއްސާކުރީ އާންމު މީހަކު އެ މައުލޫމާތަށް ހުށަހެޅި އާރުޓީއައި އަކަށް ދިން ޖަވާބެއްގަ އެވެ.
ވެރިކަންކުރާ ޕީއެންސީން މަޖިލިސް އިންތިހާބަށް ކެންޑިޑޭޓުން ހޮވަން އެތެރޭގެ އިންތިހާބު ބޭއްވީ ޖެނުއަރީ 27، ގަ އެވެ. އެ އިންތިހާބާއެކު އެ ޕާޓީން މަޖިލިސް ކެމްޕޭން ފެށި އެވެ.
އެއަށްފަހު އާރުޑީސީއިން ފުރަތަމަ މުވައްޒަފަކު ނެގީ ފެބްރުއަރީ 18، ގަ އެވެ. އެ ދުވަހަށްފަހު އިންތިހާބުގެ ކުރިއަށް ޖުމްލަ 291 މީހަކަށް އެ ކުންފުނިން ވަނީ ވަޒީފާ ދީފަ އެވެ. ވޯޓުލީ ދުވަހުވެސް ހަ މީހަކަށް އާރުޑީސީން ވަޒީފާ ދިނެވެ.
މި އަހަރު އެކު ޖުމްލަ އާރުޑީސީން ވަޒީފާ ދީފައިވަނީ 371 ދިވެއްސަކަށެވެ. އެ މުއްދަތުގައި 108 ބިދޭސީއަކަށްވެސް އެ ކުންފުނިން ވަޒީފާ ދިނެވެ.
ވިހި ވަނަ މަޖިލީހުގެ އިންތިހާބުގައި ޕީއެންސީން 66 ގޮނޑި ކާމިޔާބުކުރި އެވެ. އަދި އަމިއްލަ ގޮތުން ހޮވި އެ ޕާޓީއާ ގުޅުނު ނުވަ މެންބަރަކާއެކު މަޖިލީހުގައި މިހާރު ޕީއެންސީގެ 75 މެންބަރުން އެބަތިއްބެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment