Advertisement

ފުލުހަކު ގައިގައި ޖެހުނު ޓެކްސީގެ ޑްރައިވަރު ދޫކޮށްލައިފި

1 އޭޕްރީލް 2024 - 19:43 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

މާލޭގައި ޓެކްސީތަކެއް ދުއްވާ ފޮޓޯއެއް: ދުއްވާފައި ދިޔަ ޓެކްސީއަކުން ފުލުހަކު ގައިގައި ޖެހިގެން ހައްޔަރުކުރި ޓެކްސީ ޑްރައިވަރު ދޫކޮށްލައިފި - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު


ފުލުހަކު ގައިގައި ޖެހުނު ޓެކްސީގެ ޑްރައިވަރު ދޫކޮށްލައިފި

1 އޭޕްރީލް 2024 - 19:43 0

ސިނަމާލެ ބްރިޖުން ގޮސް ހައިވޭއަށް އަރާ ލައިޓު ކައިރީގައި ހުރި ފުލުހެއްގެ ގައިގައި ކާރަކުން ޖެހުނު މައްސަލައިގައި، ހައްޔަރުކުރި ޓެކްސީ ޑްރައިވަރު ދޫކޮށްލައިފި އެވެ.

މި މައްސަލާގައި ހައްޔަރުކުރީ 37 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ ޝަރުތުތަކެއް ކުރުމަށް ފަހު އޭނާ ދޫކޮށްލައިފަ އެވެ.

އެ މީހާ ޝަރީއަތުގައި ބުނެފައިވަނީ ކާރުން ޖެއްސީ ގަސްތުގައި ނޫން ކަމަށެވެ. ފުލުސް މީހާ ގައިގައި ކާރުން ޖެހުމާ އެކު ވަގުތުން ކާރު ހުއްޓުވައި، ފުލުސް މީހާ ކައިރިއަށް ގޮސް މައާފަށް އެދުނު ކަމަށް ވެސް އެ މީހާ ޝަރީއަތުގައި ބުނެފައިވެ އެވެ.

ކޯޓު އަމުރުގައިވާ ގޮތުން އޭނާގެ ލައިސަންސް ހިފަހައްޓައި ކާރު ވެސް މިހާރު އޮތީ ޓޯކޮށްފަ އެވެ.

ފުލުސް މީހާއަށް މާ ސީރިއަސް އަނިޔާތަކެއް ނުލިބޭ ކަމަށް ކޯޓު އަމުރުގައިވެ އެވެ. އެހެން ނަަމަވެސް އޭނާގެ އަތުގެ މުލައްދަނޑިއާއި، އަތް ތިލައިން ހަން މަށައިގެން ގޮސްފައިވާ ކަމަށް ފުލުހުން ޝަރީއަތުގައި ބުނެފައިވެ އެވެ.

މި ހާދިސާގެ ވީޑިއޯއެއް އިއްޔެ ސޯޝަލް މީޑިއާގައި ދައުރުވެފައިވެ އެވެ.

ސޯޝަލް މީޑީގައި ދައުރުވަމުން އަންނަ ވީޑިއޯއިން ފެންނަނީ ސިނާމާލެ ބްރިޖާއި ހުޅުލެއަށް އަރާ މަގާއި ހައިވޭ ދިމާވާ ތަނުގައި ހުރި ފުލުހެއް ގައިގައި ޓެކްސީއަކުން ޖެހޭ މަންޒަރެވެ.

މިކަމެއް ހިނގީ ހަވީރު، ބްރިޖު ސަރަހައްދުގެ ކާރޫބާރޫ އެންމެ ބާރު ބޮޑުވާ ވަގުތުގަ އެވެ. އެ ވަގުތު ކާރު ދުއްވާފައި އައީ މާ ބާރު ސްޕީޑެއްގައި ނޫން ނަމަވެސް ޖެހުނު ބާރު މިނުގައި ފުލުސް މީހާ ވިއްސައިގެން ދާ މަންޒަރު ވީޑިއޯއިން ފެނެ އެވެ.