Advertisement

ގޮވާމުގެ ބާވަތުން ޒަކާތް ދައްކަން ހުޅުވާލައިފި

1 އޭޕްރީލް 2024 - 22:07 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

އިސްލާމިކް މިނިސްޓްރީއަށް ގޮވާމުގެ ތަކެތިން ފިތުރު ޒަކާތް ދައްކާފައި - ފޮޓޯ: އިސްލާމިކް މިނިސްޓްރީ


ގޮވާމުގެ ބާވަތުން ޒަކާތް ދައްކަން ހުޅުވާލައިފި

1 އޭޕްރީލް 2024 - 22:07 0

ފިތުރު ޒަކާތުގެ ގޮތުގައި ގޮވާމުގެ ބާވަތްތަކުން ޒަކާތް ދެއްކުމަށް އިސްލާމީ މިނިސްޓްރީން ހުޅުވައިލައިފި އެވެ.

އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގައި ގޮވާމުގެ ބާވަތްތަކުން ޒަކާތް ބަލައިގަތުން މާލޭގައި ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ އަމީނިއްޔާ ސްކޫލް ހޯލުގަ އެވެ.

ހުކުރު ދުވަހާއި ހޮނިހިރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ވެސް އެ ތަނުން ޒަކާތް ބަލައިގަންނާނެ އެވެ. އެއީ އިއްޔެއިން ފެށިގެން މި އޭޕްރީލް މަހުގެ ނުވަވަނަ ދުވަހުގެ ނިޔަލަށެވެ.

އެ ގޮތުން އެޕްރީލް މަހުގެ އަށް ވަނަ ދުވަހުގެ ނިޔަަލަށް ބަލައިގަންނަމުން ދާނީ މެންދުރު 1:000 އިން ފެށިގެން ހަވީރު 4:00 އާ ހަމައަށެވެ. ނުވަވަނަ ދުވަހު އިރުއޮއްސި 6:00 ގެ ނިޔަލަށެވެ.