Advertisement

ފަތުވާ މަޖިލީހަށް އާ ދެ މެންބަރުން އައްޔަނުކުރައްވައިފި

17 އޭޕްރީލް 2024 - 16:34 0

ނިމާ ހަސަން

ނިމާ ހަސަން

ފަތުވާ މަޖިލީހަށް އައްޔަނުކުރި ދެ މެމްބަރުން


ފަތުވާ މަޖިލީހަށް އާ ދެ މެންބަރުން އައްޔަނުކުރައްވައިފި

17 އޭޕްރީލް 2024 - 16:34 0

ރާއްޖޭގެ އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލީހަށް އާ ދެ މެންބަރުން އައްޔަނު ކުރައްވައިފި އެވެ.

ފަތުވާ މަޖިލީހަށް އާ މެންބަރުންގެ ގޮތުގައި ރައީސް މިއަދު އައްޔަނު ކުރެއްވީ މ. ހިތިމާގެ, ޑރ. އަލީ ޒާހިރު އަދި ދަނޑިމަގު, ރިހިވިލާގެ, ޏ. ފުވައްމުލައް, ޑރ. މޫސާ އަންވަރު ހަސަން އެވެ.

ފަތުވާ މަޖިލިސް އެކުލެވިގެން ވަނީ ޖުމްލަ ފަސް މެންބަރުންގެ މައްޗަށެވެ.

އަލަށް އައްޔަނުކުރި ދެ މެންބަރުންގެ އިތުރުން ފަތުވާ މަޖިލީހުގައި ދެން ތިއްބަވަނީ އެ މަޖިލީހުގެ ރައީސް ޑރ. މުހައްމަދު ރަޝީދު އިބްރާހިމް, އެ މަޖިލީހުގެ ނައިބު ރައީސް ޑރ. އަބްދުއްސައްތާރު އަބްދުއްރަހްމާން އަދި މެންބަރު އިލްޔާސް ހުސެއިން އެވެ.

ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނުގެ ހަތް ވަނަ މާއްދާގެ ހ. ގައިވާ ގޮތުން ރާއްޖޭގައި ދީނީ އެއްބައިވަންތަކަން ގާއިމްކޮށް ދެމެހެއްޓުމަށްޓަކައި މުޖުތަމައަށް ބޭނުންވާ ދީނީ ފަތުވާ ދިނުމަކީ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ މަސްއޫލިއްޔަތެކެވެ. އެ މާއްދާގެ ށ. ގައިވާ ގޮތުން، ދައުލަތުގެ މުއައްސަސާތަކަށް ވެސް އިސްތިޝާރީ ލަފާ ދޭނީ އެ މަޖިލީހުންނެވެ.

ހިޔާލުތަފާތުވާ މައްސަލަތަކުގައި ފަތުވާ މަޖިލީހުގެ މަސްއޫލިއްޔަތަކީ ހަމަ އެކަނި ފަތުވާ ނެރުމެއް ވެސް ނޫނެވެ. ދީނީ ހިޔާލުތަފާތުވުންތައް ކުޑަކުރުމަށްޓަކައި ހިޔާލު ހޯދައި މަޝްވަރާކުުރުމަކީ ވެސް ފަތުވާ މަޖިލީހުގެ ގާނޫނީ މަސްއޫލިއްޔަތެކެވެ.