Advertisement

ގައުުމިއްޔަތުގެ ނަމުގައި ފަތުރަނީ، ހުދުމުހުތާރު ވެރިކަމެއްގެ ވިސްނުން: ފައްޔާޒު

1 އޭޕްރީލް 2024 - 13:42 1

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

އެމްޑީޕީގެ ޖަލްސާއެއްގައި ފައްޔާޒު ވާހަކަ ދައްކަވަނީ. ގައުމިއްޔަތާ ދެކޮޅު ކަމަށް ބުނެ މީހުންނާ މެދު މި ސަރުކާރުން ފިޔަވަޅު އަޅާނެ ކަމަށް އޭނާ ވިދާޅުވި --- ފޮޓޯ: އަދަދު ފައިލް


ގައުުމިއްޔަތުގެ ނަމުގައި ފަތުރަނީ، ހުދުމުހުތާރު ވެރިކަމެއްގެ ވިސްނުން: ފައްޔާޒު

1 އޭޕްރީލް 2024 - 13:42 1

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ގައުމިއްޔަތުގެ ފަލްސަފާ ކަމަށް ބުނެ ފަތުރަން މަސައްކަތް ކުރަނީ ހުދުމުހުތާރު ވެރިކަމުގެ ސިފަތަކެއް އާންމު ކުރުމުގެ މަސައްކަތް ކަމަށް އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ރޭ ވިދާޅުވެއްޖެ އެވެ.

ކޮންމެ ރޯދަ މަހަކު، "އަދަދު" ނޫހުން ގެނެސްދޭ "ކުޅިކޮށް" ޕްރޮގްރާމްގެ ރޭގެ އެޕިސޯޑުގައި ބައިވެރިވެވަޑައިގެން ފައްޔާޒު ވިދާޅުވީ، އެމްޑީޕީއާ ވާދަވެރިކޮށް އޮންނަ ޕާޓީން އަބަދުވެސް މަސައްކަތް ކުރަނީ އެމްޑީޕީއަކީ "މުޅީން އެެހެން ބަޔެއް" ނުވަތަ ދިވެހީންނާ ދެކޮޅު ބަޔެއް ގޮތަށް ސިފަ ކުރުމަށެވެ.

"އަޅުގަނޑުމެންނާ ދިމާކުރި ލާދީނީއޭ ކިޔައިފަ މީގެ ކުރީގައި، އިސްލާމް ދީނާ ހިލާފު ބައެއް ކަމަށް، އަދިވެސް ކޮންމެ ވެސް ވަރަކަށް އެ ކަން ވޭތޯ އުޅޭ، އެކަމަކު ރައްޔިތުންގެ ތެރޭގައި އެ ވާހަކައެއް ނުހިނގި،" އޭނާ ވިދާޅުވި އެވެ.

އެ ދުވަހު މަސައްކަތް ކުރި ކަމަކީ ގައުމާއި، މި ގައުމުގެ އަސާސީ އެއް ސިފަ ކަމަށްވާ މާތްވެގެންވާ އިސްލާމް ދީނުގެ އަގީދާއާ ދެކޮޅު ބަޔެއްގެ ގޮތުގައި ދެއްކުމަށް ޓަކައި ކަމަށް ފައްޔާޒު ވިދާޅުވި އެވެ.

"ގައުމިއްޔަތޭ ކިޔައިގެން މި އުފައްދަން މި އުޅޭ އެއްޗަކީ، އިންޑިއާ އައުޓޭ ކިޔައިގެން، އަޅުގަނޑުމެންނަކީ ދިވެހިރާއްޖެ ދެކެ ލޯބިނުވާ ބަޔެއްގެ ގޮތުގައި ދައްކަން،" އޭނާ ވިދާޅުވި އެވެ.

މީގެ ދުރު ރާސްތާއިން ހާސިލް ކުރަން ބޭނުންވާ ކަމަކީ ގައުމު ދެކެ ލޯބިވާ ބަޔަކީ ސަރުކާރުގައި ތިބި މީހުން ކަމަށް ދައްކައި ސަރުކާރާ ދެކޮޅަށް ބަސް ބުނާ ކޮންމެ މީހަކީ ގައުމާ ދެކޮޅު ބަޔެއް ގޮތުގައި ދެއްކުމެވެ. އެ ވިސްނުން އާންމުކުރުމަށް ފަހު ސަރުކާރާ ދެކޮޅަށް ބަސް ބުނާ ކޮންމެ މީހަކަށް ފިޔަވަޅު އެޅުން ކަމަށެވެ.

"ވެރިމީހާއާ ދިމާއަށް، ސަރުކާރާ ދިމާއަށް އެއްޗެއް ބުނާ މީހަކީ ގައުމާ ދެކޮޅު މީހެއް ގޮތަށް ސިފަކުރުން، އަދި ސަރުކާރަކަށް ފާޑުނުކިޔޭނެ ގޮތަކަށް، ކިޔާ މީހަކަށް ފިޔަވަޅު އެޅޭނެ ގޮތަކަށް ބައްޓަން ކުރަން،" ފައްޔާޒު ވިދާޅުވި އެވެ.