Advertisement

އޭދަފުށީގައި 1000 ހައުސިން ޔުނިޓު އަޅަން ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފި

8 މޭ 2024 - 16:54 0


އޭދަފުށީގައި 1000 ހައުސިން ޔުނިޓު އަޅަން ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފި

8 މޭ 2024 - 16:54 0

ބ. އޭދަފުށީގައި 1000 ހައުސިން ޔުނިޓު އެޅުމުގެ އެމްއޯޔޫއެއްގައި މިއަދު ޗައިނާ ކުންފުންޏަކާއެކު ސަރުކާރުން ސޮއިކޮށްފި އެވެ.

ހައުސިން ޔުނިޓު އަޅަން ހަވާލު ކުރަނީ ޗައިނާގެ ސިނޯހައިޑްރޯ ކޯޕަރޭޝަން ލިމިޓެޑާ އެވެ. އެ އެއްބަސްވުމުގެ އަދި ޕްރޮޖެކްޓުގެ އިތުރު ތަފުސީލެއް ސަރުކާރުން ހާމައެއް ނުކުރެ އެވެ.

އޭދަފުށީގައި ހައުސިންގެ ބިޔަ ޕްރޮޖެކްޓެއް ހިންގުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގެ ތެރެއިން އެ ރަށަށް ވަޑައިގެން ރައީސް ވިދާޅުވީ، އޭދަފުށި ވާނީ އެންމެ ގިނައިން ހައުސިން ޔުނިޓު އަޅުއްވައިދެއްވާނެ އެއް ރަށް ކަމުގަ އެވެ.

"މި ރަށުގެ ރައްޔިތުން ބޭނުންވާ ހައުސިން ޔުނިޓުތައް، ފްލެޓް އަޅައިދޭ ހައުސިން ޔުނިޓުގެ ބޮޑު މަޝްރޫއެއް އިރާދަކުރެއްވިއްޔާ ތިޔަ ބޭފުޅުންނަށް ހިންގައިދޭނަން. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ މި މުޅި ގައުމީ ހައުސިން ޕޮލިސީގެ ތެރެއިން މުހިންމު ކަމެއް ދެވޭ އެންމެ ގިނަ ހައުސިން ޔުނިޓު އެޅޭ އެއް ރަށް ކަމުގައި މި ރަށް ހަމަޖެހިގެންދާނެ،" ރައީސް ވިދާޅުވެފައިވެ އެވެ.