Advertisement

ހުޅުމާލޭ ޖަލުގައި ހުކުމް ތަންފީޒުކުރަމުންދިޔަ ގައިދީޔަކު މަރުވެއްޖެ

1 އޭޕްރީލް 2024 - 01:48 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ހުޅުމާލެ ހޮސްޕިޓަލް ކައިރީ ފުލުހުންތަކެއް މަޑުކޮށްލައިގެން: ހުޅުމާލޭ ޖަލުގައި ހުކުމް ތަންފީޒުކުރަމުންދިޔަ އަހުމަދު އިޔާޒު މަރުވީ ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް -- ފޮޓޯ: ހުސެއިން ޝަޔާހު / އަދަދު


ހުޅުމާލޭ ޖަލުގައި ހުކުމް ތަންފީޒުކުރަމުންދިޔަ ގައިދީޔަކު މަރުވެއްޖެ

1 އޭޕްރީލް 2024 - 01:48 0

ހުޅުމާލޭ ޖަލުގައި ހުކުމް ތަންފީޒުކުރަމުންދިޔަ ގައިދީއަކު މިރޭ މަރުވެއްޖެ އެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ބުނީ، ރ. މަޑުއްވަރީ، ވިންޑްމާގޭ، އަހްމަދު އިޖާޒު، 44 މަރުވީ ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ކަމަށެވެ.

ޓީބީ ބަލި ހުރި އަހްމަދު އިޖާޒުއަށް މާޗު 7، ގައި ހުކުމް ކޮށްފައިވާއިރު، މާޗު، 8 ގައި އޭނާ ނޭވާލާން އުނދަގޫވެގެން އުޅޭތީ ހުޅުމާލޭ ހޮސްޕިޓަލަށް ގެންދިއުމުން ވަނީ އީއާރްގައި އެޑްމިޓް ކޮށްފައި ކަމަށެވެ.

"އަހުމަދު އިޖާޒުއަށް ޓީބީ ބަލި ޖެހިފައިވާކަން އެނގުނީ މާޗު، 8 ގައި ހޮސްޕިޓަލަށް ގޮސް ފަރުވާ ދިނުމުގެ ތެރޭގައި" ކަރެކްޝަންސްގެ މީޑިއާ އޮފިޝަލް އައިމިނަތު ޔުސްރީން އަހްމަދު ވިދާޅުވި އެވެ.

އިޖާޒުގެ ހާލަތު ގޯސްވެ ފަހުން ވެންޓިލޭޓަރަށް ލައި، އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށް މަރުވީ މިރޭ 11:30 ހާއިރު ކަމަށް ކަރެކްޝަނުން ބުނެ އެވެ.

އޭނާ ޖަލަށްލީ މަސްތުވާތަކެތި ބޭނުންކުރުމުގެ މައްސަލައެއްގައި، ތިން އަހަރަށެވެ.

އިޖާޒު މަރުވުމާ ގުޅިގެން ވަގުތުން އެކަން އޭނާގެ އާއިލާއަށާއި، އިންސްޕެކްޓާ އޮފް ކަރެކްޝަނަލް ސާވިސްއަށާއި، މޯލްޑިވްސް ޕޮލިސް ސާވިސްއަށާއި، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އަދި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް އަންގާފައި ކަމަށް ކަރެކްޝަނުން ބުންޏެވެ.