Advertisement

މިއަދުން ފެށިގެން ޕޭޕަލް ބޭނުންކުރެވޭނެ ކަމަށް ރައީސް އޮފީހުން ދޮގު މައުލޫމާތު ދީފި

31 މާރިޗު 2024 - 17:03 1

އަހުމަދު އާއިދު

އަހުމަދު އާއިދު

ރައީސް އޮފީހުގެ ކޮމިއުނިކޭޝަން މިނިސްޓަރު އިބްރާހިމް ހަލީލު: މިއަދުން ފެށިގެން ޕޭޕަލް ބޭނުންކުރެވޭނެ ކަމަށް ބުނެ ރައީސް އޮފީހުން ދޮގު މައުލޫމާތު ދީފި - ފޮޓޯ: ރައީސް އޮފީސް


މިއަދުން ފެށިގެން ޕޭޕަލް ބޭނުންކުރެވޭނެ ކަމަށް ރައީސް އޮފީހުން ދޮގު މައުލޫމާތު ދީފި

31 މާރިޗު 2024 - 17:03 1

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މަނީ ޓްރާންސްފާ ޕްލެޓްފޯމްތަކާއި ޑިޖިޓަލް ވޮލެޓްތައް އަންބްލޮކް ކުރުމާ ގުޅުވާ، ރާއްޖޭގައި ޕޭޕަލްގެ ހިދުމަތްތައް ބޭނުންކުރެވޭނެ ކަމަށް ބުނެ ރައީސް އޮފީހުން ބައެއް ނޫސްތަކަށް ދޮގު މައުލޫމާތު ދީފި އެވެ.

ބީއެމްއެލް އިން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވަނީ މިއަދުން ފެށިގެން ބީއެމްއެލްގެ ވިސާ ޔޫއެސްޑީ ކްރެޑިޓް ކާޑު އަދި މާސްޓާކާޑް ޕްރީޕެއިޑް ޔޫއެސްޑީ ޓްރެވަލް ކާޑު ބޭނުންކޮށްގެން މި ޕްލެޓްފޯމްތައް މެދުވެރިކޮށް ފައިސާ ލިބިގަނެ، ފޮނުވޭނެ ކަމަށެވެ.

މިކަމާ ގުޅުވާ ރައީސް އޮފީހުގެ ކޮމިއުނިކޭޝަން މިނިސްޓަރު އިބްރާހިމް ހަލީލު ބައެއް ނޫސްތަކަށް ފޮނުވި މެސެޖެއްގައި ވަނީ، މިއަދުން ފެށިގެން ބޭނުންކުރެވޭ ޑިޖިޓަލް ޕްލެޓްފޯމުތަކުގެ ތެރޭގައި ސްކްރިލް އާއި ޕޭޕަލް ވެސް ހިމެނޭ ކަމަށެވެ.

ނަމަވެސް މިއަދު ބޭނުންކުރުމުގެ ހުއްދަ ދެވުނު ޕްލެޓްފޯމްތަކުގެ ތެރޭގައި "ޕޭޕަލް" ނުހިމެނޭ ކަމަށް ބީއެމްއެލްގެ އޮފިޝަލަކު ވަނީ "އަދަދު" އަށް ކަށަވަރުކޮށްދީފަ އެވެ އޭނާ ބުނީ މިއަދޫ އަންބްލޮކް ކުރީ 2020 ވަނަ އަހަރުގެ ތެރޭގައި ބްލޮކް ކުރި ބޭރުގެ އޮންލައިން ޑިޖިޓަލް ވޮލެޓުތައް ކަމަށެވެ.

މިދިޔަ ބުރާސްފަތި ދުވަހު ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ރައީސް މުއިއްޒު ވަނީ ޕޭޕަލްގެ ހިދުމަތް ތައާރަފު ކުރުމަށް އެމެރިކާގެ ސަރުކާރާއެކު މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވެފަ އެވެ.

ރާއްޖޭން މިހާރު ޕޭޕަލް މެދުވެރިކޮށް ކުރެވޭ ކަމަކީ ފައިސާ ފޮނުވުމެވެ. ނަމަވެސް ޕޭޕަލް މެދުވެރިކޮށް ފައިސާ ނެގުމުގެ ފުރުސަތެއް ނޯވެ އެވެ.

މިކަމާ ގުޅޭގޮތުން އެމެރިކާގެ ސަރުކާއެކު މަޝްވަރާތަކެއް ކުރަން ތައްޔާރުވަމުންދާ ކަމަށް ޖެނުއަރީ 7، 2024 ގައި ރައީސް އޮފީހުން ވެސް ބުނެފައިވެ އެވެ. ނަމަވެސް އެކަމުގެ ތަފުސީލެއް އޭރު ނުދެ އެވެ.

ވިޔަފާރީގެ މަޝްވަރާތަކަކަށް ރާއްޖޭގެ ސަރުކާރެއްގެ ވަފުދެއް މި އަހަރުގެ ޖުލައިގައި އެމެރިކާގެ ވެރިރަށް ވޮޝިންޓަނަށް ދިއުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އިކޮނޮމިކް މިނިސްޓަރު އަހުމަދު ސައީދު ވިދާޅުވެފައިވެ އެވެ. ސަރުކާރުން ބުނާ ގޮތުން މި ދަތުރުގެ ތެރޭގައި ޕޭޕަލްއާ ގުޅޭ މަޝްވަރާތައް ވެސް ކުރިއަށް ދާނެ އެވެ.

ޕޭޕަލްއިން ފައިސާ ލިބޭ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނަން އެމެރިކާ ސަރުކާރާ މަޝްވަރާކުރާނެ ކަމަށް ސަރުކާރުން ބުނި ނަމަވެސް، ޕޭޕަލްއަކީ އެމެރިކާގައި ލިސްޓުކޮށްގެން ހިންގާ ޕަބްލިކް ކުންފުންޏަކަށް ވުމުން، އެ ގައުމުގެ ސަރުކާރަށް ކުރެވޭނީ ކޮން ކަމެއްތޯ ބައެއް މީހުން އަންނަނީ ސުވާލު އުފައްދަމުންނެވެ.

ޕޭޕަލްގެ ފައިސާ ފޮނުވުމުގެ ހިދުމަތް 97 ގައުމެއްގައި ލިބުނު ނަމަވެސް އެ ކުންފުނިން ފޯރުކޮށްދޭ ސެންޑް ރިސީވް އެންޑް ވިތުޑްރޯ ހިދުމަތް ލިބެނީ 41 ގައުމަކަށެވެ.