Advertisement

މަސްވެރި އަލިބެއަށް އާރްޑީސީއިން ވަޒީފާ ދީފި

31 މާރިޗު 2024 - 11:22 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

މަސްވެރިންނަށް ފައިސާ ނުދީގެން ސަރުކާރާ ދެކޮޅަށް އ


މަސްވެރި އަލިބެއަށް އާރްޑީސީއިން ވަޒީފާ ދީފި

31 މާރިޗު 2024 - 11:22 0

މަސްވެރިންނަށް މި ސަރުކާރުން ދޭން ޖެހޭ ފައިސާ ނުދީގެން، ސަރުކާރަށް ފާޑުކީ އަލީ ރަޝީދު (މަސްވެރި އަލިބެ) އަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާޜްޑީސީ) އިން ވަޒީފާ ދީފި އެވެ.

އެއް އަހަރުގެ މުއްދަތަކަށް ކޮންޓްރެކްޓަށް މަސްވެރި އަލިބެ އާރްޑީސީގެ ވަޒީފާއަށް ނަގާފައި ވަނީ އިންވެންޓްރީ މެނޭޖްމަންޓް އޮފިސަރެއްގެ މަގާމަށެވެ.

މަސްވެރި އަލިބެ "އަދަދު" އާ ވާހަކަ ދައްކަމުން ބުނީ މައިބަދައިގަވެސް މައްސަލަ އުޅޭތީއާއެކު މަސްވެރިކަން ކުރެވޭނެ ހިތްވަރެއް މިހާރު ނެތް ކަމަށާއި، އެއާއެކު އާރްޑީސީން ލިބުނު ފުރުސަތުގައި ވަޒީފާއަށް ނިކުންނަން ފަށާފައިވާ ކަމަށެވެ.

"ހައްގެއް ގެއްލެންޏާ އަލިބެ މަސައްކަތް ކުރާނަން އެ ހައްގެއް ހޯދުމަށް. އަޅުގަނޑުމެންގެ ދަރިން ގޯސްވަންޏާ އެ ގޯސް ވާހަކަވެސް ދައްކަން ޖެހޭ. އެހެން ކަމަށްވެއްޖެއްޔާ ސަރުކާރުން ގޯސް ކަމެއް ކުރަންޏާ ރައީސްއަށް ދަންނަވަންވާނެ ތި ކުރަނީ ގޯސްކަމެކޭ" އަލިބެ ބުނި އެވެ.

މީގެއިތުރުން މި ސަރުކާރު ގެނައުމަށް ބުރަ މަސައްކަތްތަކެއް ކުރިކަން ފާހަގަކޮށް އަލިބެ ބުނީ ސަރުކާަރުން ވަޒީފާއެއް ލިބުން އޭނާއަށްވެސް ހައްގު ކަމަށެވެ.

އަލިބެ ވަނީ މީގެ ކުރިން މި ސަރުކާރަށް މަޖިލީހުގެ މެޖޯރިޓީ ދޭން ނުފެންނަ ކަމަށާއި، ގައުމު ހިންގޭނީ އިދިކޮޅު ފަރާތްތަކަށް މެޖޯރިޓީ ދީގެން ކަމަށެވެ. ނަމަވެސް އޭނާގެ ރާގު ފަހުން ބަދަލުވެ، ސަރުކާރަށް ވަނީ ތާއީދުކޮށް ވާހަކަ ދައްކާފަ އެވެ.

އުމުރުން 50 އަހަރުވެފައިވާ އަލިބެ މަސްވެރިކަމުގައި 12 ވަރަކަށް އަހަރު ހޭދަ ކޮށްފައިވާއިރު، ކުރިން ވަނީ ރިސޯޓުތަކުގައި އެކި ވަޒީފާތައް އަދާކޮށްފަ އެވެ.