Advertisement

ސޮނީ ހާޑްވެއާއިން ގަންނަ އެއްޗެހި ހަރުކޮށްދިނުން ހިލޭ

31 މާރިޗު 2024 - 13:30 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ސޮނީ ހާޑްވެއާގެ ފޭސް 2 ފިހާރަ: އެ ފިހާރައިން ގަންނަ އެއްޗެހި ހިލޭ އަޅުވައިދޭން ވަނީ ފަށާފައި -- ފޮޓޯ: މިރާޝް ނާޝިމް


ސޮނީ ހާޑްވެއާއިން ގަންނަ އެއްޗެހި ހަރުކޮށްދިނުން ހިލޭ

31 މާރިޗު 2024 - 13:30 0

ސޮނީ ހާޑްވެއާއިން ގަންނަ އެއްޗެހި އެ ފިހާރައިން ހިލޭ އަޅުވައިދޭން ފަށައިފި އެވެ.

ސޮނީހާޑްވެއާއިން ބުނީ ކަސްޓަމަރުންނަށް ފަސޭހަ ކޮށްދިނުމުގެ ގޮތުން އެ ފިހާރައިން ގަންނަ އެއްޗެހި ގެއަށް ގޮސް އަޅުވައިދީ ނުވަތަ ރިޕްލޭސް ކޮށްދިނުމުގެ ހިދުމަތް ހިލޭ ދޭން ފަށަފައިވާ ކަމަށެވެ.

ސޮނީ ހާޑްވެއާއިން ރިޕްލޭސްކޮށް ނުވަތަ އަޅުވައިދޭ އެއްޗެހީގެ ތެރޭގައި ގެއާއި، ބަދިގެއަށް ބޭނުންވާ ސާމާނާއި، ފާހާނާ އަދި ޓެރެސްއަށް ބޭނުންވާ ސާމާނު ހިމެނެ އެވެ.

އެ ފިހާރައިން ބުނީ އެ ހިދުމަތް ދޭނީ ކަމަށް އެންމެ ގާބިލު ޓެކްނީޝަނުން ކަމަށާއި، ހިދުމަތް ހުރިހާ އައުޓްލެޓަކުންވެސް ލިބޭނެ ކަމަށެވެ.

ސޮނީ ހާޑްވެއާއިން އަންނަނީ އަބަދުވެސް ކަސްޓަމަރުންނަށް ފަސޭހަ ކޮށްދިނުމަށް ގިނަ ހިދުމަތްތައް ތައާރަފް ކުރަމުންނެވެ.

ސޮނީ ހާޑްވެއާގެ ގިނަ ފިހާރަތަކެއް މާލޭގައި ހުންނައިރު، ހުޅުމާލޭގެ ފޭސް 1 އަދި ފޭސް 2 ގައި ވެސް ސޮނީގެ ފިހާރައެއް ހުރެ އެވެ.