Advertisement

ސޮނީހާޑްވެއާގެ ފިހާރައެއް ހުޅުމާލެ ފޭސް 2 ގެ ވިނަރެސްގައި ހުޅުވައިފި

3 މާރިޗު 2024 - 15:40 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ވިނަރެސްގައި ސޮނީ ހާޑްވެއާގެ ފިހާރައެއް ހުޅުވުން -- ފޮޓޯ: މިރާޝް ނާޝިމް/އަދަދު


ސޮނީހާޑްވެއާގެ ފިހާރައެއް ހުޅުމާލެ ފޭސް 2 ގެ ވިނަރެސްގައި ހުޅުވައިފި

3 މާރިޗު 2024 - 15:40 0

ސޮނީހާޑްވެއާގެ އާ ފިހާރައެއް ހުޅުމާލެ ފޭސް 2 ގެ ވިނަރެސް ފްލެޓުގައި މިދިޔަ ހަފްތާގައި ހުޅުވައިފި އެވެ.

ސޮނީހާޑްވެއާއިން ބުނީ އެ ފިހާރައަކީ ހުޅުމާލެ ފޭސް 2 ގައި ދިރިއުޅޭ ފަރާތްތަކަށް ހާއްސަކޮށްގެން ތަކެތި ގަތުމަށް ހުޅުވި ތަނެއް ކަމަށާއި، މީގެ ސަބަބުން ކަސްޓަމަރުންނަށް ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.

ދެ ފަންގިފިލާއަށް ހަދާފައިވާ ފިހާރައިން ގެއަށް ބޭނުންވާ ގިނަ ސާމާނުގެ ލިބެން ހުންނާނެ ކަމަށާއި، އޭގެ ތެރޭގައި ފާހާނާ އާއި ބަދިގޭގެ އިތުރުން ހާޑްވެއާ ސާމާނުވެސް ލިބެން ހުންނާނެ ކަމަށް ސޮނީން ބުނެ އެވެ.

ފޭސް 2 ގައި ސޮނީ ހާޑްވެއާ އިން ހުޅުވި ފިހާރަ. ފޮޓޯ: މިރާޝް ނާޝިމް/އަދަދު


ސޮނީން ހާޑްވެއާ އިން ބުނީ ވިނަރެސްގެ ފިހާރަ ހުޅުވިފައި ހުންނާނީ ހޮނިހިރު ދުވަހުން ފެށިގެން ބުރާސްފަތި ދުވަހު ހެނދުނު 08:00 އިން މެންދުރު 12:00 އަށް އަދި މެންދުރު 1:30 އިން އިރުއޮއްސި 06:00 ޖަހަންދެން ކަމަށާއި، ރޭގަނޑު 08:00 އިން 10:00 އަށްވެސް ފިހާރަ ހުޅުވާނެ ކަމަށެވެ.

މީގެއިތުރުން ހުކުރު ދުވަހު ފިހާރަ ހުޅުވިފައި ހުންނާނީ ހެނދުނު 08:00 އިން 10:30 އަށް ކަމަށާއި، މެންދުރު 02:00 އިން 06:00 އަށް ފިހާރަ ހުޅުވުމުގެ އިތުރުން ރޭގަނޑު 08:00 އިން 10:00 އަށް ފިހާރަު ހުންނާނީ ހުޅިވާފައި ކަމަށް ސޮނީން ބުންޏެވެ.

މިއީ ސޮނީ ހާޑްވެއާއިން ހުޅުމާލޭގައި ހުޅުވި ދެވަނަ ފިހާރަ ކަމަށްވާއިރު، ފުރަތަމަ ފިހާރަ ހުންނަނީ ފޭސް 1 ގަ އެވެ. އަދި ސޮނީގެ ގިނަ ފިހާރަތަކެއް މާލޭގައި ހުރެ އެވެ.