Advertisement

މި ފަހަރު ވަގަށް ނެގީ މިސްކިތުގެ ފެން މޯޓަރު

31 މާރިޗު 2024 - 07:02 0

އަޒްލިފާ އަބްދުﷲ

އަޒްލިފާ އަބްދުﷲ

ދަރުމަވަންތަ މިސްކިތުގެ މޯޓަރު ބަހައްޓާފައި ހުރި ތަން. -- ފޮޓޯ: މާލޭ ސިޓީ ކައުންސިލް


މި ފަހަރު ވަގަށް ނެގީ މިސްކިތުގެ ފެން މޯޓަރު

31 މާރިޗު 2024 - 07:02 0

ވައްކަންތައް އިތުރުވަމުން ގޮސް، އެންމެ ފަހުން މާލޭގެ މިސްކިތެއްގެ ފެން މޯޓަރު ވެސް ވަގަށް ނަގައިފި އެވެ.

މިސްކިތްތައް ބެލެހެއްޓުމުގެ ޒިންމާ އޮންނަ، މާލޭ ސިޓީ ކައުންސިލުން ރޭ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ ވަގަށް ގެންދިޔައީ ދަރުމަވަންތަ މިސްކިތުގެ ފެން މޯޓަރު ކަމަށެވެ. އެ މައްސަލަ އެ ކައުންސިލުން ވަނީ ޕޮލިހަށް ވެސް ހުށަހަޅައިފަ އެވެ.

"ފުލުހުން, ކުށް ހިނގި ތަނަށް ހާޒިރުވެ ކުށުގެ ވެށިން ތަހުގީގަށް ބޭނުންވާ މައުލޫމާތު އެއްކުރުމަށް ދަނީ މަސައްކަތްކުރަމުން،" ފުލުހުން ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

މުލިއާގެ އާއި ސަލްޓަން ޕާކާ ދެމެދުގައި އޮންނަ ދަރުމަވަންތު މަގުގައި ހުންނަ ދަރުމަވަންތަ މިސްކިތުގެ ފާރުގައި ހަރުކޮށްފައި ހުރި ދެ ފަންކާއެއް ވެސް މިދިޔަ ހަފުތާގައި ވަގަށް ގެންގޮސްފައިވެ އެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރުގެ މިހާތަނަށް ވައްކަމުގެ 1000 އަށް ވުރެ ގިނަ މައްސަލަ ޕޮލިހަށް ހުށަހަޅާފައިވެ އެވެ. ކޮންމެ ރޯދަ މަހަކަށް ވެސް ވައްކަމާއި ފޭރުން އިތުރުވެ އެވެ.