Advertisement

ކަރާގެ އަގު އުފުލި، ތޮއްޑޫ ކަރާ ކިލޯއެއްގެ އަގު 25ރ. އަށް!

30 މާރިޗު 2024 - 13:40 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

މާލޭ ދަތުރުވެރިންގެ މާރުކޭޓުގައި ކަރާ ވިއްކަން ބަހައްޓާފައި -- ފޮޓޯ: އަޔާދް އަބްދުލް ވައްހާބް


ކަރާގެ އަގު އުފުލި، ތޮއްޑޫ ކަރާ ކިލޯއެއްގެ އަގު 25ރ. އަށް!

30 މާރިޗު 2024 - 13:40 0

މާލޭ ދަތުރުވެރިންގެ މާރުކޭޓުގައި ކަރާގެ އަގު އުފުލި، ކިލޯއެއްގެ އަގު 25ރ. އަށް އަރައިފި އެވެ.

ބާޒާރުގައި މިއަދު އެކި ގޮޅިތަކުން ކަރާ ކިލޯއެއް ވިއްކަމުން ދިޔައީ ތަފާތު އަގުތަކުގަ އެވެ. އެގޮތުން އެވްރެޖުކޮށް 25ރ. އަށް ކިލޯއެއް ލިބެން ހުރިއިރު، ބައެއް ތަންތަނުން 18ރ. އާއި 20ރ. އަށް ވެސް ދިޔައީ ވިއްކަމުންނެވެ.

މާރުކޭޓުގެ ގޮޅިއެއްގައި މަސައްކަތް ކުރާ މީހަކު "އަދަދު" އާ ވާހަކަދައްކަމުން ބުނީ ތޮއްޑޫއިން ކަރާ ލިބުން މަދުވެފައިވާ ކަމަށާއި، އަދި އެ ރަށުން މިހާރު ކަރާ ލިބެނީވެސް ކުރިއަށްވުރެ މަދުން ކަމަށެވެ.

"ކޮންމެ ރޯދަ މަހަކުވެސް ފުރަތަމަ 15 ރޯދައަށް ފަހު އާންމުކޮށް ކަރާ މަދުވުމުން އަގު ބޮޑުވޭ. ކުރިން ތޮއްޑޫއިން އަންނަ ވަރަށް ބޯޓެއްވެސް މިކޮޅަށް މިހާރު ނާދޭ. އެމީހުން އަތު ލިބޭ އަގުވެސް ވަނީ އުފުލިފައި," ބާޒާރުން ވާހަކަ ދެއްކި މީހާ ބުންޏެވެ.

ބާޒާރުގައި އިއްޔެއެކޭ އެއްގޮތަށް މިއަދުވެސް ލެޓިއުސް މަދުއިރު، ކިލޯއެއްގެ އަގު ހުރީ 70ރ. އާއި 100ރ. އާ ދެމެދުގެ އަގެއްގަ އެވެ. ނަމަވެސް ކޮޕީފަތް ބޮނޑިއެއް 10ރ. އަށް ވިއްކަމުން ގޮސްފައިވާއިރު، ކުއްޅަފިލާފަތް ބޮނޑިއެއްވެސް ވަނީ 20ރ. އަށް ވިއްކާފަ އެވެ.

މޭވާގެ އަގުތަކަށް ބަލާއިރު އާފަލާއި އޮރެންޖުގެ އަގު ވަނީ 7ރ. އަށް ވެއްޓިފަ އެވެ. ކުރިން މި ދެ ބާވަތުގެ އަގު 10ރ. އަށްވެސް އަރައިގެންދިޔަކަން ފާހަގަ ކުރެވެ އެވެ. ނަމަވެސް ޖުމްހޫރީ މޭވާ ކިލޯއެއްގެ އަގު ހުރީ އަދިވެސް 100ރ. އަށް ވުރެ މަތީގަ އެވެ.

ތަރުކާރީއަށް ބަލާއިރު ކެރެޓު ކިލޯއެއްގެ އަގު 35ރ. އާއި 40ރ. އަށް އުފުލިފައިވާއިރު، ކެބެޖު ކިލޯއެއް ލިބެން ހުރީ 30ރ. އަށެވެ. މިއަދު ކިއުކަމްބާ ކިލޯއެއްގެ އަގުވެސް ވަނީ 40ރ. އާއި 55ރ. އާ ދެމެދުގެ އަގަށް އަރާފަ އެވެ.

މިރުހުގެ އަގުތަކަށް ބަލާއިރު ކަނޑޫދޫ މިރުސް ވަނީ އިއްޔެއަށްވުރެ ތިޔާގި ވެފަ އެވެ. އެގޮތުން 100 ގްރާމު މިއަދުވެސް ލިބެން ހުރީ 20ރ. އާއި 25ރ. އާ ދެމެދުގެ އަގެއްގަ އެވެ.