Advertisement

ކަސްޓަމަރުންގެ 8 ބިލިއަން ޑޮލަރު ވަގަށް ނެގި ކްރިޕްޓޯ ކުންފުނީގެ ސީއީއޯ 25 އަހަރަށް ޖަލަށް

29 މާރިޗު 2024 - 07:49 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ކްރިޕްޓޯ ކުންފުނި އެފްޓީއެކްސްގެ ފައުންޑާ އަދި ސީއީއޯ ސޭމް ބޭންކްމޭން


ކަސްޓަމަރުންގެ 8 ބިލިއަން ޑޮލަރު ވަގަށް ނެގި ކްރިޕްޓޯ ކުންފުނީގެ ސީއީއޯ 25 އަހަރަށް ޖަލަށް

29 މާރިޗު 2024 - 07:49 0

ކަސްޓަމަރުންގެ 8 ބިލިއަން ޑޮލަރު ވަގަށް ނެގި ކްރިޕްޓޯ ކުންފުނި އެފްޓީއެކްސްގެ ފައުންޑާ އަދި ސީއީއޯ ސޭމް ބޭންކްމޭން 25 އަހަރަށް ޖަލަށްލާން އިއްޔެ ހުކުމް ކޮށްފި އެވެ.

އެމެރިކާގެ މެންހަޓަން ކޯޓުގައި އިއްވި ހުކުމުގައި އެފްޓީއެކްސްގެ ކަސްޓަމަރުންގެ ފައިސާ ބޭންކްމޭން ވަގަށް ނެގީ އެނގި ހުރެ ރާވައިގެންކަން ސާބިތުވާ ކަމަށް ވަނީ ބުނެފަ އެވެ.

ދިވެހިންގެ ތެރޭގައި ވެސް މަގުބޫލު އެފްޓީއެކްސް ބަނގުރޫޓުވީ ނޮވެމްބަރު، 2022 ގައި ކަސްޓަމަރުންގެ އެކައުންޓުތަކުން ފައިސާ ގެއްލެން ފެށުމާއެކު އެވެ. އޭގެ ތެރޭގައި އެތައް ގައުމެއްގެ އެތައް ހާސް މީހުންގެ ފައިސާ ހިމެނެ އެވެ.

މިއާއެކު ޑިސެމްބަރު، 2022 ގައި ކަސްޓަމަރުންގެ ފައިސާ ވަގަށް ނެގި ކަމުގެ ތުހުމަތުގައި ބޭންކްމޭން ވަނީ ހައްޔަރުކޮށް، ދައުވާތައް އުފުލާފަ އެވެ.

ބޭންކްމޭން ހައްޔަރުކޮށްގެން ހުކުމް ކުރުމާ ހަމައަށްވެސް އޭނާގެ މައްޗަށް ކުރި ތުހުމަތުތަކަށް އިންކާރު ކުރި އެވެ. ނަމަވެސް ހުކުމުގައި ބުނެފައި ވަނީ އޭނާ ފައިސާތައް އެކައުންޓުތަކުން ނެގީ އޭނާއަށް އެނގިގެން ކަމަށެވެ.