Advertisement

ފައިނުގައި އެއާޕޯޓު އަޅަން ނިންމީ ލާމަރުކަޒީ ގާނޫނާ ހިލާފަށް:ކައުންސިލް

29 މާރިޗު 2024 - 01:03 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ރ. އަތޮޅަށް ރައީސް މުއިއްޒު ކުރެއްވި އެ އަތޮޅު މީދޫ ކައުންސިލްގައި، ފައިނު ކައުންސިލްގެ މެމްބަރުންނާ ބައްދަލުކުރައްވަނީ، - ފޮޓޯ: ރައީސް އޮފީސް


ފައިނުގައި އެއާޕޯޓު އަޅަން ނިންމީ ލާމަރުކަޒީ ގާނޫނާ ހިލާފަށް:ކައުންސިލް

29 މާރިޗު 2024 - 01:03 0

ތިމާވެއްޓަށް ލިބޭ ގެއްލުންތައް ބޮޑުވުމުން މިދިޔަ ސަރުކާރުން ރ. ފައިނުގައި ނޭޅުމަށް ނިންމި އެއާޕޯޓު އެޅުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ގަރާރަކުން ނިންމެވީ ރަށު ކައުންސިލާ އެއްވެސް ވަރަކަށް މަޝްވަރާ ނުކޮށް ލާމަރުކަޒީ ގާނޫނާ ހިލާފަށް ކަމަށް އެ ރަށު ކައުންސިލުން ބުނެފި އެވެ.

އާ ނުވަ އެއާޕޯޓެއް އަޅާނެ ރަށްތައް ހިމެނޭހެން ދައުލަތުގެ އާންމު މަންފާއެއް ހާސިލުކުރަން ބޭނުންވާ އިގުތިސާދީ ސިޔާސަތެއްގެ ދަށުން ހިންގާނޭ މުހިންމު މަޝްރޫއުތަކެއް ރައީސް މުއިއްޒު އިއުލާނު ކުރެއްވީ އިއްޔެ އެވެ. އެ ސިޔާސަތުގައި ވަނީ، ރިޔާސީ ވައުދާ އެއްގޮތަށް ފައިނުގައި އެއާޕޯޓު އެޅުމަށް ހިމަނައިފަ އެވެ.

"މި ކައުންސިލްގެ މާލީ ފުދުންތެރިކަން އިތުރުކުރުމަށާއި، އަސާސީ ބައެއް ހިދުމަތް ދިނުމަށް ބިން ދޫކުރެވިފައިވާ ސަރަހައްދުތައް ހުރުމާއެކު މި ކައުންސިލްގެ މަޝްވަރާއެއް ނެތި މިފަދަ ބޮޑު ނިންމުމެއް ނިންމުމަކީ ނުހަނު ކަންބޮޑުވާ ކަމެއް" ފައިނު ކައުންސިލްގެ ތިން މެންބަރަކު ސޮއިކުރައްވައި މިރޭ ނެރުނު ބަޔާނުގައިވެ އެވެ.

މީގެ ކުރިން އެ ރަށުގައި އެއާޕޯޓު އެޅުމަށް ކުރެވުނު މަޝްވަރާގައި ފާހަގަވި ކަންބޮޑުވުންތަކަށް ރިއާޔަތް ކުރުމަށާއި މި މަޝްރޫއާ ގުޅޭ ގޮތުން ފަންނީ އެހީތެރިކަމާއެކު ފުރިހަމަ މަޝްވަރާތަކެއް ކުރިއަށް ގެންދިއުމަށް ފައިނު ކައުންސިލުން ވަނީ ރައީސް މުއިއްޒު އަށް ގޮވާލާފަ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ފައިނު އެއާޕޯޓު އެޅުމަށް ނިންމާ އެންވަޔަރްމަންޓަލް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ވެސް ހެދި އެވެ. އެ ރިޕޯޓުން ދެއްކި ގޮތުން ފައިނުގައި އެއާޕޯޓު އެޅުމަށް 5،792 ގަސް ކަނޑަން ޖެހެ އެވެ. ނަމަވެސް އެންވަޔަރްމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން އޭރު ބުނީ އެ އީއައިއޭ ފުރިހަމަ ނޫން ކަމަށެވެ. އެހެންކަމުން ކަނޑަން ޖެހޭ ގަހުގެ އަދަދު އިތުރުވުމުގެ ފުރުސަތު ބޮޑެވެ.