Advertisement

ދަރަނީގެ މައްސަލާގައި ވީބީ ހަސަން ސިޔާމަށް ވާދަނުކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފި

28 މާރިޗު 2024 - 12:12 1

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ވީބީ ހަސަން ކެންޑިޑޭޓުންގެ ބަހުސްގައި ވާހަކަދައްކަވަނީ: ސާބިތު ދަރަނީގެ މައްސަލާގައި އޭނާ މަޖިލިސް އިންތިހާބުގައި ވާދަނުކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފި - ފޮޓޯ: ސޯޝަލް މީޑިއާ


ދަރަނީގެ މައްސަލާގައި ވީބީ ހަސަން ސިޔާމަށް ވާދަނުކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފި

28 މާރިޗު 2024 - 12:12 1

ވިިހިވަނަ ރައްޔިތުންގެ މަޖިލީހަށް މެންބަރުން ހޮވަން އަންނަ އޭޕްރިލް މަހު ބާއްވާ އިންތިހާބުގައި މެދު ހެންވޭރު ދާއިރާއަށް ވާދަކުރައްވާ ހަސަން ޝިޔާމް (ވީބީ ހަސަން) ދައްކަން ޖެހޭ ސާބިތު ދަރަންޏެއް އޮތް ކަމަށް ކަނޑައަޅައި، އޭނާއަށް މަޖިލިސް އިންތިހާބުގައި ވާދަނުކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފި އެވެ.

ސުޕްރީމް ކޯޓުން މި ހުކުމް ކުރީ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ. އެއީ ރިޔާސާތުގައި އިންނެވި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމް، ފަނޑިޔާރު ހުސްނުއްސުއޫދު، އަދި ފަނޑިޔާރު އައިޝާ ޝުޖޫން އެވެ.

ހ. ކްއީން، އިލްޔާސް އަހުމަދު ހުށަހަޅާފައިވާ އެ މައްސަލާފައި ތުހުމަތު ކޮށްފައިވާ ގޮތުގައި ހަސަންގެ މައްޗަށް ސާބިތު ދަރަންޏެއް އޮތް ކަމަށް ޝަރީއަތަށް ސާބިތުވެފައިވާއިރު ހުކުމާ އެއްގޮތަށް އޭނާ ދަރަނި އަދާކުރަމުން ނުދެ އެވެ.

އެއީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ގާނޫނާއި ރައްޔިތުުންގެ މަޖިލީހުގެ ގަވައިދުގައި، ކެންޑިޑޭޓެއްގެ ކިބައިގައި ހުންނަން ޖެހޭނެ ކަމަށް ކަނޑައަޅާފައިވާ ޝަރުތު، އޭނާގެ ކިބައިގައި ފުރިހަމަ ނުވާނެ ސަބަބެއް ކަމަށް ވެސް އިލްޔާސް ހުށަހެޅި ދައުވާގައި ބުނެފައި ވެ އެވެ.

ގާނޫނު އަސާސީގެ 75 ވަނަ މާއްދާގައި ވެސް ބުނަނީ، އަދާކުރާން ޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކު ނަމަ، ހުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުން ނުދާ މީހަކު ކަމުގައިވާ ނަމަ އެ މީހަކަށް މަޖިލީހުގެ އިންތިހާބުގައި ބައިވެރިއެއް ނުވެވޭނެ ކަމަށެވެ.

މައްސަލައިގެ ފަސްފަހަތް

ހަސަން ޝިޔާމްގެ މައްޗަށް އޮތް ކަމަށް ބުނާ ސާބިތު ދަރަންޏަކީ އޭނާ ހިމެނޭހެން 11 މީހަކު ޒިންމާވާ ގޮތަށް އޮތް ދަރަންޏެކެވެ.

ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި)ގެ ފަރާތުން ކްރިސްޓަލް ލެގޫން ރިޒޯޓްސްއަށް 16 ފެބްރުއަރީ 2006 ގައި 10 މިލިއަން ޑޮލަރުގެ ލޯނެއް ދޫކުރި އެވެ. އަދި 18 ޖޫން 2008 ގައި 64 މިިލިއަން ޑޮލަރުގެ ލޯނެއް ވެސް ދޫކުރި އެވެ.

އެ ދެ ލޯން ދެއްކުމުގެ ޔަގީންކަން ބޭންކަށް ދީފައިވަނީ، ހަސަން ޝިޔާމް ހިމެނޭހެން 11 މީހެކެވެ.

އެ ހުކުމަށް ފަހު ވެސް ފައިސާ ދައްކަމުން ނުދާތީ އެސްބީއައިއިން އަލުން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފައިވަނިކޮށް، ޝިޔާމްގެ ފަރާތުން ވަނީ ރަހުނު ވިއްކާލުމަށް ފަހު، ކޯޓުން ގެރެންޓަރުން ދައްކަން ޖެހޭ ފައިސާ ކަނޑައެޅުމާ ހަމައަށް ތަންފީޒުކުރަން ޖެހޭ ސާބިތު ދަރަންޏެއް ނެތް ކަމަށް އަމުރުކޮށްދިނުމަށް އެދި ހުށަހެޅި އެވެ.

ސިވިލް ކޯޓުން އެ އަމުރު ނުދިނުމުން ހައި ކޯޓުގައި އިސްތިއުނާފު ކުރި އެވެ. ހައި ކޯޓުން ސިވިލް ކޯޓުގެ ނިންމުން ދެމެހެއްޓި ނަމަވެސް މި ހިނދަށް ދަރަނި ދައްކަން ޖެހޭ މީހެއް ގޮތަށް ނުބެލުމަށް އޮތެވެ.