Advertisement

އަލެކްސަންޑަ-އާނޯލްޑް ހޯދަން ރެއާލުން ބޮޑު ހަރަދެއް ނުކުރާނެ

28 މާރިޗު 2024 - 10:46 0

އަތޫފް އާތިފް

އަތޫފް އާތިފް


އަލެކްސަންޑަ-އާނޯލްޑް ހޯދަން ރެއާލުން ބޮޑު ހަރަދެއް ނުކުރާނެ

28 މާރިޗު 2024 - 10:46 0

ލިވަޕޫލް (28 މާރޗް) - ލިވަޕޫލަށް ކުޅެމުން އަންނަ އިންގްލަންޑްގެ ފުލްބެކް، ޓްރެންޓް އެލެކްސެންޑަ-އާނޯލްޑް އަށް ސްޕެއިންގެ ރެއާލް މެޑްރިޑުން ފާރަލި ނަމަވެސް އޭނާ ހޯދަން ބޮޑު ބިޑެއް ރެއާލުން ހުށަނާޅާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އަންނަ ޓްރާންސްފާ މާކެޓުގައި ރެއާލުގެ ފޯކަސް ބޮޑަށް ހުރީ ފްރާންސްގެ ތަރި ކީލިއަން އެމްބާޕޭގެ ސޮއި ހޯދުމަށެވެ. ބައެއް މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން އެމްބާޕޭ އާއި ރެއާލާ ދެމެދު އެއްބަސްވުން ވެސް އޮތީ ހަދައިފަ އެވެ.

އެކަމަކު މިހާތަނަށް އެމްބާޕޭ ވެސް އަދި ރެއާލުން ވެސް މިކަމާ ގުޅޭ ގޮތުން ވަކި އެއްޗެއް ހާމަ އެއް ނުކުރެ އެވެ.

އެމްބާޕޭ ރެއާލަށް ބަދަލުވާނަމަ ބަދަލުވާނީ ބޮޑު މުސާރައަކާ އެކުގަ އެވެ. އެހެންވެ, ރެއާލުން އެ ޓީމުގެ ހަރަދުތައް ފޫބެއްދުމަށް އިތުރު ކުޅުންތެރިއަކު ހޯދާނަމަ ހޯދާނީ ކުޑަ މުސާރަ އެއްގަ އެވެ. އަދި ބިޑް ކޮށްގެން ކުޅުންތެރިއަކު ގެންނަނަމަ ވެސް ގެންނާނީ ކުޑަ ހުށަހެޅުމެއްގެ ދަށުންނެވެ.

އެމްބާޕޭގެ އިތުރުން ރެއާލުން އަންނަ ޓްރާންސްފާ މާކެޓުގައި ހޯދަން ފާރަލަމުން އަންނަ ދެ ވަނަ ކުޅުންތެރިއަކީ އިންގްލަންޑުގެ އަލެކްސަންޑަ-އާނޯލްޑެވެ. އެކަމަކު، އަލެކްސަންޑަ-އާނޯލްޑް ކުޑަ އަގެއްގައި ލިވަޕޫލުން ދޫކޮށްނުލާނެ އެވެ.

ލިވަޕޫލް ދޫކޮށް ދާނެކަން އަލެކްސަންޑަ-އާނޯލްޑް މިހާތަނަށް ހާމަކޮށްފައި ނުވާއިރު, އޭނާ ވަނީ ލިވަޕޫލާ އެކު މިހާރު ހަދާފައިވާ އެއްބަސްވުން އާކުރާނަމަ ކުރާނީ ބޮޑު އަގެއްގައިކަން ކުލަބްގެ މެނޭޖުމަންޓަށް އަންގައިފަ އެވެ.

ރިޕޯޓްތައް ބުނާގޮތުން، އަލެކްސަންޑަ-އާނޯލްޑްގެ އިތުރުން ލިވަޕޫލްގެ ކެޕްޓަން ވާޖިލް ވެން ޑައިކް ވެސް ވަނީ ލިވަޕޫލާ އެކު ހަދާފައިވާ އެއްބަސްވުން އާކުރާނަމަ އާކުރާނީ ބޮޑު އަގެއްގައި ކަން ކުލަބަށް އަންގާފަ އެވެ.

ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް ވަނީ މި ސީޒަނަށް ފަހު އޭނާ ކުލަބް ދޫކޮށްލާނެކަން ހާމަކޮށްފަ އެވެ. ކްލޮޕް ވަނީ ލިވަޕޫލާ އެކު ލީގު ޗެމްޕިއަންކަން އަދި ޗެމްޕިއަންސް ލީގު ވެސް ކާމިޔާބު ކޮށްފަ އެވެ. ކްލޮޕަކީ މި ފަހުން ލިވަޕޫލާ ހަވާލުވި އެންމެ ކާމިޔާބު ކޯޗުވެސް މެ އެވެ.