Advertisement

ސޮސިއެޑާޑް ބަލިކޮށް ރެއާލުން ލީގު ކާމިޔާބުކުރުމާ ގާތަށް

27 އޭޕްރީލް 2024 - 11:01 0


ސޮސިއެޑާޑް ބަލިކޮށް ރެއާލުން ލީގު ކާމިޔާބުކުރުމާ ގާތަށް

27 އޭޕްރީލް 2024 - 11:01 0

މެޑްރިޑް (އޭޕްރީލް 27) - ސްޕެނިޝް ލީގުގައި ރެއާލް ސޮސިއެޑާޑްގެ މައްޗަށް ކުރިހޯދައި ރެއާލް މެޑްރިޑުން ލީގު ކަށަވަރުކުރުމާ ފިޔަވަޅަކާ ގާތަށް ޖެހިލައިފި އެވެ.

ރެއާލުން ލީގު ހޯދަން ބޭނުންވަނީ ހަ ޕޮއިންޓެވެ. އެ ޓީމަށް މިހާތަނަށް 33 މެޗުން 84 ޕޮއިންޓް ވަނީ ލިބިފަ އެވެ. ދެވަނައިގައި އޮތް ބާސެލޯނާ އަށް 32 މެޗުން ލިބެނީ 70 ޕޮއިންޓެވެ.

ރޭގެ މެޗަށް ރެއާލުން ނުކުތީ ގިނަ ބަދަލުތަކަކާ އެކުގަ އެވެ. އެގޮތުން މި ސީޒަނުގައި އެ ޓީމުގައި ތަފާތު މޮޅު ކުޅުމެއް ދައްކަމުން އަންނަ ޖޫޑް ބެލިންގްހަމް, ވިނީޝިއުސް, ވަލްވާޑޭ, ރޮޑްރީގޯ, ޓޯނީ ކްރޫސް މި މެޗުގައި ކުޅެފައި ނުވެ އެވެ.

މި މެޗުގައި ރެއާލުން ކާމިޔާބުކުރި ހަމައެކަނި ގޯލު މެޗުގެ 29 ވަނަ މިނެޓުގައި އެ ޓީމަށް ޖަހާދިނީ އާޑާ ގުލޭ އެވެ. މި ގޯލަށް ފަހު ސޮސިއެޑާޑްގެ އިން ރެއާލުގެ ހާފަށް ބާރުބޮޑުކުރިއިރު, މެޗުގެ 32 ވަނަ މިނެޓުގައި އެ ޓީމުން ގޯލެއް ޖެހިނަމަވެސް ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރް) ބެލުމަށްފަހު އެ ގޯލު ބަލައިނުގަތުމަށް ރެފްރީ ވަނީ ނިންމާފަ އެވެ. އެއީ ގޯލު ޖެހުމުގެ ކުރިން ސޮސިއެޑާޑްގެ ކުޅުންތެރިން ރެއާލުގެ ކުޅުންތެރިއަކަށް ފައުލުކުރުމާ ގުޅިގެންނެވެ.

މެޗުގެ ދެ ވަނަ ހާފުގައި ސޮސިއެޑާޑް އިން ރެއާލުގެ ހާފަށް ބާރުބޮޑުކޮށް ގިނަ ހަމަލާތަކެއް އުފައްދަން މަސައްކަތްކުރި ނަމަވެސް ރެއާލުގެ ކުޅުންތެރިން ވަނީ މިހާފުގައި ޑިފެންސް އަށް ވިސްނައިގެން ކުޅެފަ އެވެ.