Advertisement

ލިވަޕޫލްގެ އާ ކޯޗަކީ ސްލޮޓް: 10 މިލިއަން ޑޮލަރުގެ ފީއެއް ދައްކަންޖެހުުނު

27 އޭޕްރީލް 2024 - 11:12 0


ލިވަޕޫލްގެ އާ ކޯޗަކީ ސްލޮޓް: 10 މިލިއަން ޑޮލަރުގެ ފީއެއް ދައްކަންޖެހުުނު

27 އޭޕްރީލް 2024 - 11:12 0

ލިވަޕޫލް (އޭޕްރީލް 27) - ފެޔަނޫޑަށް 10 މިލިއަން ޑޮލަރުގެ ފީއެއް ދެއްކުމަށް ފަހު، އެ ޓީމުގެ ކޯޗު އާން ސްލޮޓް، ލިވަޕޫލްގެ ކޯޗަކަށް ގެންނަން އެއްބަސްވުމަކަށް އަތުވެއްޖެ އެވެ.

ފެޔަނޫޑާ އެކު ސްލޮޓް، 45، ހަދާފައިވާ އެއްބަސްވުން އުވާލަން ދައްކަން ޖެހޭ ވަކި ފީއެއް ހިމަނައިފައިނުވެ އެވެ. މިދިޔަ އަހަރު ލީޑްސް ޔުނައިޓެޑާއި ޓޮޓެންހަމް ހޮޓްސްޕާސް އިން ގެންދަން ޝައުގުވެރިކަން ފާޅުކުރި ސްލޮޓްއާ އެކު، ފެޔަނޫޑްގެ ކޮންޓްރެކްޓް އޮތީ 2026 ވަނަ އަހަރުގެ ޖޫންގެ ނިޔަލަށެވެ.

ކުރިން ބެލެވިފައި އޮތީ ލިވަޕޫލުން އަށް މިލިއަން ޑޮލަރު ދައްކައިފިނަމަ، ސްލޮޓްގެ ކޮންޓްރެކްޓް ގަނެވޭނެ ކަމަށެވެ. އެކަމަކު، ލިވަޕޫލުން ރޭ ސްލޮޓް ގެންނަން ފެޔަނޫޑަށް 10 މިލިއަން ޑޮލަރު ދައްކަން ޖެހުނެވެ.

ނުވަ އަހަރަށް ފަހު، ލިވަޕޫލްގެ ކޯޗުކަން ޔާގަން ކްލޮޕް މި ސީޒަނަށް ފަހު ދޫކޮށްލާނެ އެވެ.

ވިހި އަހަރު ތެރޭ ފުރަތަމަ ފަހަރަށް ފެޔަނޫޑަށް ނެދަލެންޑްސްގެ ލީގު ހޯދައިދިން ސްލޮޓަށް ލިވަޕޫލްގެ ހުށަހެޅުން ލިބުނީ އޭނާ ގެންގުޅޭ ފުޓްބޯޅައިގެ އެޓޭކިން ފިލޯސަފީ އާއި ޔޫތުން ސީނިއާ ޓީމަށް ކުޅުންތެރިން ޑިވެލޮޕްކުރުމުގައި އޮތް ތަސައްވުރު ލިވަޕޫލަށް ވެސް ފިޓްވާތީ އެވެ. ނެދަލެންޑްސްގެ ފުޓްބޯޅަ ތަޖުރިބާކާރުން ދެކޭގޮތުގައި، ކްލޮޕް ކުރަމުން އައި މަސައްކަތް ރަނގަޅު ޓްރެކުގައި ކުރިއަށްގެންދިއުމުގެ ގާބިލުކަން ސްލޮޓްގެ ހުންނާނެ އެވެ.

ކޯޗެއް ހޯދަން ކުރި މަސައްކަތުގައި ލިވަޕޫލުން ވަނީ ބަޔާ ލެވަކޫސަންގެ ކޯޗު ޒަބީ އަލޮންސޯ އާއި ސްޕޯޓިން ލިޒްބަންގެ ކޯޗު ރުބެން އަމޮރިމްއާ ވެސް ވާހަކަ ދައްކައިފަ އެވެ. އަލޮންސޯ ނިންމީ ލެވަކޫސަނުގައި ހުންނާށެވެ.

އަމޮރިމް އާއި ލިވަޕޫލްގެ ވާހަކަތައް ކުރިއަށްނުދިޔައީ، ދެ ފަރާތަށް އެއްބަސްނުވެވޭ ގިނަ ކަންތައްތަކެއް ކުރިމަތިވުމުންނެވެ. އަނެއްކޮޅުން، ލިވަޕޫލަށް ޕްރެޝަރުކޮށް ބޭނުންވާ ޑީލު ހޯދަން އަމޮރިމް ވަނީ ލަންޑަނަށް ދަތުރެއްކޮށް، ވެސްޓް ހޭމް ޔުނައިޓެޑާ ވެސް މަޝްވަރާކޮށްފަ އެވެ. އެކަމަކު، ލިވަޕޫލުން ވަނީ ފުރުސަތު ލިބުނު ވަގުތު ސްލޮޓް ހޯދުމުގެ ކަންކަން އަވަސް މަސައްކަތްތަކަކަށް ފަހު ނިންމައިލައިފަ އެެވެ.