Advertisement

ސައުދި އަރަބިއްޔާއިން ފުރަތަމަ ފަހަރަށް މިސް ޔުނިވާސްގައި ބައިވެރިވަނީ

28 މާރިޗު 2024 - 07:39 3

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

މިސް ޔުނިވާސްގައި ސައުދި އަރަބިއްޔާ ތަމްސީލްކުރާ ފެޝަން މޮޑެލް ރޫމީ އަލްގަހްތާނީ -- ފޮޓޯ: އިންސްޓަގްރާމް


ސައުދި އަރަބިއްޔާއިން ފުރަތަމަ ފަހަރަށް މިސް ޔުނިވާސްގައި ބައިވެރިވަނީ

28 މާރިޗު 2024 - 07:39 3

ސައުދީ އަރަބިއްޔާއިން ފުރަތަމަ ފަހަރަށް މިސް ޔުނިވާސްގައި ބައިވެރިވާން ނިންމައިފި އެވެ.

ސައުދީން ނިންމާފައިވަނީ މިސް ޔުނިވާސްގައި އެ ގައުމު ތަމްސީލުކުރަން ފެޝަން މޮޑެލް ރޫމީ އަލްގަހްތާނީ، 27, ފޮނުވުމަށެވެ.

އިންސްޓަގްރާމުގައި ކުރި ޕޯސްްޓެއްގައި އަލްގަހްތާނީ ވަނީ މިސް ޔުނިވާސްގައި އޭނާ ސައުދީ ތަމްސީލްކުރާކަން އިއުލާންކޮށް، ހުރިހާ ރައްޓެހިން ދެމުންދާ ތަރުހީބަށް ޝުކުރު އަދާކޮށްފަ އެވެ.

އަލްގަހްތާނީ ވަނީ 2021 ވަނަ އަހަރު މިސް ސައުދި އަރަބިއްޔާ، މިސް މިޑިލް އީސްޓް، މިސް އަރަބް ވޯލްޑް ޕީސް އަދި ސައުދީގެ މިސް ވުމެންގެ ލަގަބު ހޯދައިފަ އެވެ.

މީގެ އިތުރުން އަލްގަހްތާނީ ވަނީ މިދިޔަ އަހަރު މެލޭޝިއާގައި ކުރިޔަށްދިޔަ މިސް އެންޑް މިސްޓާ ގްލޯބަލް އޭޝިއަންގައި ސައުދީ ތަމްސީލް ކޮށްފަ އެވެ.

މިސް ޔުނިވާސް އޮންނާނީ ސެޕްޓެމްބަރު 18، ގައި މެކްސިކޯގަ އެވެ.