Advertisement

ސައޫދީ އަރަބިއްޔާއިން 50 ޓަނުގެ ކަދުރު ރާއްޖެއަށް ހަދިޔާކޮށްފި

21 މާރިޗު 2024 - 20:46 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ސައުދީން ރާއްޖެއަށް ހަދިޔާ ކުރި ކަދުރާ ހަވާލުވުމަށް މިނިސްޓަރު ޝަހީމް ވަޑައިގެން -- ފޮޓޯ: އިސްލާމިކް މިނިސްޓަރީ


ސައޫދީ އަރަބިއްޔާއިން 50 ޓަނުގެ ކަދުރު ރާއްޖެއަށް ހަދިޔާކޮށްފި

21 މާރިޗު 2024 - 20:46 0

ސައުދީ އަރަބިއްޔާއިން މިއަހަރު ވެސް ރާއްޖެއަށް 50 ޓަނުގެ ކަދުރު ހަދިޔާކޮށްފި އެވެ.

އިސްލާމިކް މިނިސްޓަރީގެ އެކްސް އެކައުންޓުން ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ ސައުދީން ރާއްޖެއަށް ހަދިޔާ ކުރި ކަދުރާ ހަވާލުވުމުގެ އެއްބަސްވުމުގައި އިސްލާމިކް މިނިސްޓަރު، ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ސޮއި ކުރައްވާފައިވާ ކަމަށެވެ.

ރޯދަ މަހާ ދިމާކޮށް ކޮންމެ އަހަރަކު ވެސް ސައުދީން ރާއްޖެއަށް ކަދުރު ހަދިޔާ ކުރެ އެވެ. އެގޮތުން ފާއިތުވި ދެއަހަރު ވެސް ސައުދީން 50 ޓަނުގެ ކަދުރު ރާއްޖެއަށް ހަދިޔާ ކޮށްފައިވެ އެވެ. މިދިޔަ އަހަރު ސައުދީން ރާއްޖެއަށް ހަދިޔާ ކޮށްފައި ވަނީ ޖުމުލަ 25،000 ކަދުރު ޕެކެޓެވެ.

މިދިޔަ އަހަރު ކަދުރު ބަހާފައި ވަނީ ފަގީރުންގެ ދަފުތަރުގައި ހިމެނޭ ކޮންމެ ގޭބިސީއަކަށް އެއް ޕެކެޓެވެ. އެއަށްފަހު ބާކީވި ކަދުރުކޮޅު ބަހާފައި ވަނީ ކަދުރު ބަލައި ހާޒިރުވި މީހުންގެ ތަރުތީބުންނެވެ.

ނަމަވެސް މިއަހަރު ކަދުރު ބެހުމަށް ނިންމާފައި ވަނީ ކޮން އުސޫލެއްގެ ދަށުން ކަމެއް އަދި ހާމަކޮށްފައެއް ނުވެ އެވެ.