Advertisement

ރަސްމީ ދަތުރުފުޅެއްގައި މިނިސްޓަރު ޒަމީރު ސައުދީއަށް ފުރާވަޑައިގެންފި

28 އޭޕްރީލް 2024 - 08:37 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ފޮރިން މިނިސްޓަރު ޒަމީރު (ކ) : ރަސްމީ ދަތުރުފުޅެއްގައި ސައުދީ އަރަބިއްޔާއަށް ވަނީ ފުރާވަޑައިގެންފައި -- ފޮޓޯ: ރައީސް އޮފީސް


ރަސްމީ ދަތުރުފުޅެއްގައި މިނިސްޓަރު ޒަމީރު ސައުދީއަށް ފުރާވަޑައިގެންފި

28 އޭޕްރީލް 2024 - 08:37 0

ރަސްމީ ދަތުރުފުޅެއްގައި ފޮރިން މިނިސްޓަރު މޫސާ ޒަމީރު ސައުދީ އަރަބިއްޔާއަށް އިއްޔެ ފުރާވަޑައިގެންފި އެވެ.

މިނިސްޓަރު ޒަމީރު ސައުދީއަށް ވަޑައިގެންނެވީ އެ ގައުމުގައި ބާއްވާ ސްޕެޝަލް މީޓިން އޮން ކޮލޮބޮރޭޝަން، ގްރޯތު އެންޑް އެނާޖީ ފޯ ޑިވެލޮޕްމަންޓުގައި ބައިވެރިވެ ވަޑައިގަތުމަށެވެ.

އެ ކޮންފަރެންސަކީ ސައުދީ އާއި ވޯލްޑް އިކޮނޮމިކް ފޯރަމް ގުޅިގެން ބާއްވާ ކޮންފަރެންސްއެކެވެ.

ފޮރިން މިނިސްޓްރީން ބުނީ އެ ކޮންފަރެންސްގެ ތެރެއިން ބޭރުގެ ގައުމުތަކުގެ އެކި ފަންތީގެ ވެރިންނާ މިނިސްޓަރު ބައްދަލުކޮށް، ގުޅުން އިތުރަށް ބަދަހި ކުރުމަށް މަޝްވަރާތައް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މި ކޮންފަރެންސްގައި ދުނިޔެއަށް ދިމާވަމުންދާ ގޮންޖެހުންތަކާ ގުޅޭ ގޮތުން އެކި ގައުމުތަކުން 700 އަށްވުރެ ގިނަ އޮފިޝަލުން ބައިވެރިވުމަށް ވަނީ ހަމަޖެހިފަ އެވެ.

މިނިސްޓަރު ޒަމީރު އެންމެ ފަހުން ރަސްމީ ދަތުރުފުޅެއްގައި ޖެނުއަރީ މަހު ވަޑައިގެންނެވީ ބެލްޖިއަމްއަށެވެ. އެ ދަތުރުފުޅަކީ ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ އިންޑޯ ޕެސިފިކް މިނިސްޓީރިއަލް ފޯރަމުގައި ބައިވެރިވެ ވަޑައިގެންނެވުމަށް ކުރެއްވި ދަތުރުފުޅެކެވެ.