Advertisement

ސައުދީން އޭއައި އަށް އިންވެސްޓުކުރަން 40 ބިލިއަން ޑޮލަރުގެ ފަންޑެއް އުފައްދަނީ

20 މާރިޗު 2024 - 08:15 1

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ސައުދީގައި ދާދި ފަހުން ދައްކާލި އެ ގައުމުގެ ފުރަތަމަ އޭއައި ރޮބަޓް "ސާރާ" -- ފޮޓޯ: ރޮއިޓާސް


ސައުދީން އޭއައި އަށް އިންވެސްޓުކުރަން 40 ބިލިއަން ޑޮލަރުގެ ފަންޑެއް އުފައްދަނީ

20 މާރިޗު 2024 - 08:15 1

ސައުދީ އަރަބިއްޔާއިން އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އަށް އިންވެސްޓުކުރަން 40 ބިލިއަން ޑޮލަރުގެ ފަންޑެއް އުފައްދަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ނިއުޔޯކް ޓައިމްސްއިން ބުނީ ސައުދީގެ ޕަބްލިކް އިންވެސްޓުމަންޓު ފަންޑު (ޕީއައިއެފް) ގެ މަންދޫބުންތަކެއް ވަނީ އޭއައިއަށް އިންވެސްޓުކުރުމާ ގުޅޭ ގޮތުން އެއްބަސްވުމަކަށް ދިޔުމަށް އެމެރިކާގެ ކުންފުންޏެއްގެ އިތުރުން ބައެއް އެހެނިހެން ކުންފުނިތަކާ މަޝްވަރާ ކޮށްފަ އެވެ.

އޭއައިއަށް އެންމެ ގިނައިން އިންވެސްޓު ކުރި ގައުމުތަކުގެ ތެެރޭގައި އެމެރިކާއާއި ޖަޕާން ހިމެނޭއިރު، ސައުދީން އުފައްދާ މި ފަންޑާއެކު އެ ގައުމު ވެގެންދާނީ އޭއައިއަށް އެންމެ ބޮޑު އިންވެސްޓެއް ކުރާ ގައުމަށެވެ.

ސައުދީއަކީ ދުނިޔޭގެ އެންމެ މުއްސަނދި އެއް ދައުލަތަށްވާއިރު، އެގައުމުގެ މިލްކިއްޔާތު ހުރީ 900 ބިލިއަން ޑޮލަރަށްވުރެ މަތީގަ އެވެ.

އާ ޓެކްނޮލޮޮޖީތަކަށް ސައުދީން އަބަދުވެސް އިންވެސްޓުކުރާއިރު، އެ ގައުމުން އަންނަނީ ޓެކްނޮލޮޖީގެ ގޮތުން އެހެން ގައުމުތަކަށްވުރެ ކުރި އެރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.