27 މާރިޗު 2024 - 23:56 0
މުހައްމަދު ޝަހްޒާން
27 މާރިޗު 2024 - 23:56 0
ރައްޔިތުންގެ މަޖިލީހުގެ ސާޖެންޓް އެޓް އާމްސްގެ މަގާމު ހުސްވެފައި އޮންނަތާ ދޮޅު އަހަރު ފަހުން އެ މަގާމަށް ރިޓަޔާޑް މޭޖާ ޖެނެރަލް، ތަލްހަތު ހަސަން އައްޔަނުކޮށްފި އެވެ.
ތަލްހަތު އެ މަގާމަށް އައްޔަނު ކުރެއްވިކަން މަޖިލީހުގެ އިދާރާއިން މިއަދު ވަނީ އިއުލާނުކޮށްފަ އެވެ.
މޭޖާ ރިޓަޔާޑް ތަލްހަތު ހަސަން އަކީ އެމްއެންޑީއެފްގައި 21 އަހަރު ހިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ އެމްއެންޑިއެފްގެ ވަޒީފާއާ ގުޅިވަޑައިގެންނެވީ 1998 ވަނަ އަހަރު އެވެ. އެ ހިދުމަތުން އޭނާ ރިޓަޔާ ކުރެއްވީ ޖެނުއަރީ 15، 2020 ގަ އެވެ.
އެ މުއްދަތުގައި ތަލްހަތު ވަނީ ސްޕެޝަލް ޑިއުޓީ ރިބަން އެކަކާއި ދޭއްގެ އިތުރުން ޕްރެސިޑެންޝަލް ރިބަން އަދި ރިބަން އޮފް ސްކިލް ހާސިލު ކުރައްވައިފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ސާޖަންޓް އެޓް އާމްސްގެ މަގާމުގައި ކުރިން ހުންނެވީ މުހައްމަދު ހަލީމް އެވެ. އޭނާ އެ މަގާމުން ވަކިކުރީ މަޖިލީހުގެ ރައީސް އާއި ނައިބު ރައީސްގެ ކޮޓަރިކޮޅު ބަގުކޮށް ޖާސޫސު ކުރަން އުޅުނު ކަމުގެ ތުހުމަތުގައި މަޖިލީހުގެ ވޯޓަކުންނެވެ.
Comment