Advertisement

އެމްއައިބީ އުޖާލާ ފައިނޭންސިންގެ ހިދުމަތް ރޯދަ މަހުގެ ފަހު ދިހައިގައި ވެސް ލިބޭނެ

27 މާރިޗު 2024 - 09:14 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


އެމްއައިބީ އުޖާލާ ފައިނޭންސިންގެ ހިދުމަތް ރޯދަ މަހުގެ ފަހު ދިހައިގައި ވެސް ލިބޭނެ

27 މާރިޗު 2024 - 09:14 0

ސަރުކާރު ބަންދު ނަމަވެސް، މި ރޯދަ މަހުގެ ފަހު 10 އެއްގައި ވެސް މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ހިދުމަތް ދޭނެ ކަމަށް އެ ބޭންކުން ބުނެފި އެވެ.

އެމްއައިބީން ބުނީ، ރޯދަ މަހުގެ ފަހު 10 އެއްގައި އެ ބޭންކުން ހިދުމަތް ދެނީ 11:00 އިން 14:00 އަށް ކަމަށާއި، އެ މުއްދަތުގައި އުޖާލާ ފައިނޭންސިންގެ ހިދުމަތް ވެސް އެއްވެސް ހުއްޓުމެއް ނެތި ލިބޭނެ ކަމަށެވެ.

އެމްއައިބީ އުޖާލާ ފައިނޭންސަކީ ގިނަވެގެން 700،000ރ. އާއި ހަމައަށް ފަސް އަހަރަށް ބަހާލައިގެން މުދާ ނެގޭ ސްކީމެކެވެ. އަދި މި ސްކީމްގެ ދަށުން ފައިސާ ވެސް ދޫކުރަން މިހާރު ފަށައިފަ އެވެ.

"މި ސްކީމް މެދުވެރިކޮށް އެމްއައިބީ ކަސްޓަމަރުންނަށް މޯބައިލް ފޯނާއި، ހިފާ ގެންގުޅޭ ސާމާނުގެ އިތުރުން ފަރުނީޗަރާއި، ސައިކަލު ފަދަ ތަކެތިވެސް ގަނޭ،" އެމްއައިބީން ބުނެ އެވެ.

އެމްއައިބީ އަކީ ޒަމާނީ ވަސީލަތްތަކުގެ އެހީގައި ލުއިފަސޭހަ ރައްކާތެރި ބޭންކިން ހިދުމަތެއް ދެމުންދާ ބޭންކެކެވެ.

އެމްއައިބީން ވަނީ ބޭންކަށް ނުގޮސް އެ މީހަކު ހުރި ކޮންމެ ތަނަކުން އުޖާލާ ދިރިއުޅުން ފައިނޭންސިންއަށް އެދި ހުށަހަޅައި، އޮންލައިންކޮށް ތަކެތި ގަތުމަށް އެދި ހުށަހެޅުމާއި ފުރުސަތު ފަހިކޮށްފަ އެވެ.