Advertisement

އެމްއައިބީއިން ވިސާ ބިޒްނަސް އެކްސްޕެންސް ކާޑު ތައާރަފްކޮށްފި

11 މާރިޗު 2024 - 12:53 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އެމްއައިބީގެ ފައިސާ ނަގާ އޭޓީއެމްއެއް -- ފޮޓޯ: ހުސެއިން ވަހީދު / އަދަދު


އެމްއައިބީއިން ވިސާ ބިޒްނަސް އެކްސްޕެންސް ކާޑު ތައާރަފްކޮށްފި

11 މާރިޗު 2024 - 12:53 0

މޯލްޑިވްސް އިސްލާމިކް ބޭންކު (އެމްއައިބީ) އިން "ވިސާ ބިޒްނަސް އެކްސްޕެންސް ކާޑު" ނަމުގައި ހަރަދުތައް ފަސޭއިން ބެލެހެއްޓޭ ކޭޝް ކާޑެއް ތައާރަފްކޮށްފި އެވެ.

އެމްއައިބީން ބުނީ ވިސާ ބިޒްނަސް އެކްސްޕެންސް ކާޑުގެ ލުއިފަސޭހަކަމާއި އެފިޝިއަންސީ ތަޖުރިބާކޮށް، ވިޔަފާރީގެ ހަރަދުތައް މީގެ ކުރިން ދުވަހަކު ވެސް ނުކުރާފަދަ ގޮތަކަށް ކޮންޓްރޯލު ކުރެވޭނެ ކަމަށެވެ.

ކާޑަށް އެޕްލައި ކުރުމަށް ވިޔަފާރި އެކައުންޓެއް އެމްއައިބީގައި ހުޅުވަން ޖެހޭއިރު، ކާޑު ބޭނުން ކޮށްގެން ހަރަދުތައް ބަލައި އޮންލައިންކޮށް ކާޑަށް ފައިސާ ޓޮޕްއަޕް ކުރެވޭނެ ކަމަށް އެ ބޭންކުން ބުނެ އެވެ.


މި ކާޑު ޑޮލަރު ނުވަތަ ރުފިޔާއިން ވެސް ދޫކުރާނެކަން ފާހަގަކޮށް އެމްއައިބީން ބުނީ އޮންލައިންކޮށް ރާއްޖެއިން ބޭރުން ހޯދަން ޖެހޭ ހިދުމަތްތައް ވެސް ކާޑު މެދުވެރިކޮށް ލިބޭނެ ކަމަށެވެ.

މީގެ އިތުރުން ފައިސާގެ މުއާމަލާތްތަކުގެ ރައްކާތެރިކަން ކަށަވަރު ވެގެންދާނެ ކަމަށާއި، ފައިސާނެޓް އެކައުންޓު ޕޯޓަލް މެދުވެރިކޮށް ކާޑު ސްޓޭޓްމަންޓުތަކަށް އެކްސެސް ވެވޭނެ ކަމަށް އެމްއައިބީން ބުނެ އެވެ.

އެމްއައިބީއިން ދަނީ ޓެކްނޮލޮޖީގެ ރޮނގުން ކަސްޓަމަރުންނަށް ގިނަ ލުއި ފަސޭހަތަކެއް ހޯދައިދެމުންނެވެ. އެގޮތުން މިހާރު އެ ބޭންކުން ވަނީ ފައިސާނެޓު މެދުވެރިކޮށް ބޭންކަށް ނުގޮސް، ވިޔަފާރިތަކަށް ވެސް ގިނަ ހިދުމަތްތަކެއް ލިބޭނެ މަގު ފަހިކޮށްދީފަ އެވެ.