Advertisement

އެމްއައިބީގެ މާލެ ބްރާންޗު ވިޔަފާރިތަކަށް ހާއްސަކޮށް ހިދުމަތް ދޭ ގޮތަށް ހުޅުވައިފި

2 މާރިޗު 2024 - 22:57 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އެމްއައިބީގެ މާލެ ބްރާންޗު ވިޔަފާރިތަކަށް ހާއްސަކޮށްގެން ހުޅުވުން -- ފޮޓޯ: އެމްއައިބީ


އެމްއައިބީގެ މާލެ ބްރާންޗު ވިޔަފާރިތަކަށް ހާއްސަކޮށް ހިދުމަތް ދޭ ގޮތަށް ހުޅުވައިފި

2 މާރިޗު 2024 - 22:57 0

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ މާލޭ ބްރާންޗު ވިޔަފާރިތަކަށް ހާއްސަކޮށް ހިދުމަތް ދޭ ބްރާންޗެއްގެ ގޮތުގައި މިއަދު ހުޅުވައިފި އެވެ.

އެމްއައިބީގެ މާލޭ ބްރާންޗު ހުޅުވައިދެއްވައި އެ ބޭންކުގެ ސީއީއޯ މުފައްދަލް އިދުރިސް ހުމްރީ ވިދާޅުވީ އަލަށް ހުޅުވި ބްރާންޗުގައި ކަސްޓަމަރުންނަށް ފަސޭހަކޮށްދިނުމަށް ޑޮލަރު އޭޓީއެމްއެއްގެ އިތުރުން ރުފިޔާ ނެގޭ ހަތަރު އޭޓީއެމް ހުންނާނެ ކަމަށެވެ.

އަލަށް ހުޅުވި ބްރާންޗާއެކު އެމްއައިބީން ވިޔަފާރިތަކަށް ދޭ ސަމާލުކަން އިތުރުވެގެންދާނެ ކަމަށާއި، އެ ބޭންކުން އަންނަނީ ދެމުން އަންނަ ހިދުމަތްތައް ފުޅާކޮށް ރައްޔިތުންނަށް ރަނގަޅު ހިދުމަތްތަކެއް ދިނުމަށް މަސައްކަތް ކުރަމުން ކަމަށް މުފައްދަލް އިދުރިސް ވިދާޅުވި އެވެ.

އެމްއައިބީން ބުނީ ވިޔަފާރިތަކަށް ކުރިން ހެނދުނު 08:30 އިން މެންދުރު 02:00 ޖަހާއިރަށް ހިދުމަތް ދިން ނަމަވެސް، މާލޭ ބްރާންޗުން ދެން ހެނދުނު 08:30 އިން 04:00 ޖަހަންދެން ހިދުމަތް ދޭނެ ކަމަށެވެ.

އެގޮތުން ބޭންކު ހުޅުވާފައި ހުންނަ ގަޑިތަކުގައި ކައުންޓަރުން ފައިސާ ޖަމާ ކުރުމާއި ފޯމުތައް ހުށަހެޅުމާއި އެހެނިހެން ހުރިހާ ހިދުމަތެއް ލިބޭނެ ކަމަށް އެމްއައިބީން ބުނެ އެވެ.

ރޯދަ މަހު އިސްލާމިކް ބޭންކު ހެނދުނު 09:30 އިން މެންދުރުފަހު 03:00 ޖެހުމާ ހަމައަށް ހުޅުވާއިރު އެ ބޭންކުން ބުނީ ރޯދަ މަހު ފަހު 10 ގައި ހެނދުނު 11:00 އިން މެންދުރު 02:00 ޖަހަންދެން ހުޅުވާނެ ކަމަށެވެ.

އޭގެއިތުރުން ބޭންކުން ހިދުމަތް އަންނަ ވަގުތު އިތުރު ކުރުމާއެކު އެމްއައިބީން ވަނީ ނަގުދު ފައިސާގެ ހިދުމަތް ދޭ ކައުންޓަރު އިތުރުކޮށް، ކަސްޓަމަރުންގެ ވަގުތު ސަލާމަތް ކޮށްދިނުމުގެ ގޮތުން ބަލްކް ކޭޝް ފަދަ ހިދުމަތް ދިނުމަށް ވަކި ކައުންޓަރުތަކެއް ހަމަޖައްސާފައި ކަމަށްވެސް އެ ބޭންކުން ބުނެ އެވެ.

"ފައިސާ ނޫން ހިދުމަތެއް ހޯދުމަށް އަންނަ ކަސްޓަމަރުންނަށްވެސް ވަކިން ހިދުމަތް ލިބޭނެ ކައުންޓަރުތައް ވަނީ ތައާރަފް ކޮށްފައި" އެމްއައިބީން ބުނެ އެވެ.

އެމްއައިބީން ވިޔަފާރިތަކަށް ފަހި ކުރުމަށް ހަމައެކަނި ފަައިސާ ޖަމާ ކުރެވޭ ކާޑެއްގެ އިތުރުން އެކްސްޕެންސް ކާޑެއް ވަނީ ތައާރަފް ކޮށްފަ އެވެ.

ފައިސާ ޖަމާ ކުރެވޭ ކާޑުން އާންމުކޮށް ފައިސާ ޖަމާ ކުރާ ވަރަށްވުރެ އިތުރަށް ފައިސާ ޖަމާ ކުރެވޭއިރު، އެކްސްޕެންސް ކާޑުން ވިޔަފާރިތަކުގެ ޕެޓީ ކޭޝް މެނޭޖް ކުރުމަށް އިތުރަށް ފަސޭހަ ވެގެންދާނެ ކަމަށް އެމްއައިބީން ބުނެ އެވެ.

އެމްއައިބީން ބުނީ އަލަށް ތައާރަފު ކުރި ކާޑުތަކަށް އިންޓަނެޓް ބޭންކިން ލިބޭނެ ކަމަށާއި، އެކައުންޓްތައް މެނޭޖް ކުރުމަށްވެސް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށެވެ.

އެމްއައިބީން އަންނަނީ ޒަމާނީ ވަސީލަތްތަކާއެކު ކަސްޓަމަރުންނަށް ގިނަ ހިދުމަތްތައް ދެމުންނެވެ. އެގޮތުން އެމްއައިބީގެ އިންޓަނެޓް ބޭންކިން މެދުވެރިކޮށް ބަލްކޮށް މުސާރަ ޖަމާ ކުރުން ފަދަ ހިދުމަތް ލިބެ އެވެ.