Advertisement

އެމްއައިބީއަށް 13 އަހަރު: އިތުބާރާއެކު ހިދުމަތް ހަލުވިކޮށް ކުރިއަށް

7 މާރިޗު 2024 - 15:29 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

މޯލްޑިވްސް އިސްލާމިކް ބޭންކުން ވިޔަފާރިތަކަށް ހާއްސަކޮށްފައިވާ މާލޭ ބްރާންޗު -- ފޮޓޯ: މުހައްމަދު ޝާބިން / އަދަދު


އެމްއައިބީއަށް 13 އަހަރު: އިތުބާރާއެކު ހިދުމަތް ހަލުވިކޮށް ކުރިއަށް

7 މާރިޗު 2024 - 15:29 0

މޯލްޑިވްސް އިސްލާމިކް ބޭންކު (އެމްއައިބީ) އަށް 13 އަހަރު މިއަދު ފުރިފައިވާއިރު، އެ ބޭންކު މިހާރު ވަނީ ދިވެހިން އެންމެ އިތުބާރުކުރާ ބޭންކުގެ ލަގަބު ހޯދާފަ އެވެ.

އިސްލާމީ ވަހުދަތު ދައްކުވައިދޭ އެމްއައިބީއަކީ އިސްލާމީ އުސޫލުން މާލީ ފުރިހަމަ ހިދުމަތެއް ރާއްޖޭގައި ދޭން ފެށި ފުރަތަމަ ބޭންކު ކަމަށްވާއިރު، އެ ބޭންކުން ވަނީ އިސްލާމީ މާލީ ނިޒާމުގެ އެތައް ބަހާއެއް މިހާތަނަށް ގެނެސްދީފަ އެވެ.

ރައްކާތެރިކަމާއި އިތުބާރު

ރާއްޖޭގެ ރައްޔިތުންގެ މެދުގައި އެމްއައިބީ މަގުބޫލުވަނީ ހަމައެކަނި އިސްލާމީ އުސޫލުތަކުން ހިދުމަތް ދޭތީ އެކަންޔެއް ނޫނެވެ.

އެމްއައިބީގައި ހިދުމަތް ދިނުމުގައި ވަނީ ހަރުދަނާ އުސޫލުތަކެއް އެކަށައެޅި ރައްކާތެރިކަން އިސްކޮށް، ކަންކަން ތަރުތީބު ކުރެވިފަ އެވެ. އެގޮތުން އިންޓަނެޓު ބޭންކިންގައި "ޓޫ ފެކްޓާ އޮތެންޓިކޭޝަން" ބޭނުން ކުރުމާއި ބަޔޯ މެޓްރިކްސްއިން އަންލޮކް ކުރުންފަދަ ގިނަ ހިދުމަތް އެ ބޭންކުން ލިބެ އެވެ.

ޓެކްނޮލޮޖީ

ރާއްޖޭގައި އެމްއައިބީގެ ހިދުމަތް ފެށީ ވަރަށް އާދައިގެ ގޮތަކަށެވެ. ހަމައެކަނި ބޭންކަކުން ދޭ އެންމެ އާދައިގެ ހިދުމަތްތަކާއެކު ފެށި އެ ހިދުމަތްތަކުން އޭރުވެސް ދިޔައީ ޓެކްނޮލޮޖީއާއެކު އިންގިލާބީ ބަދަލެއް ގެންނާނެ ކަމަށް ބުނަމުންނެވެ.

އެގޮތުން, އެންމެ ފުރަތަމަ ވަޔަލަސް ޕޮސްމެޝިން އާއި ޕޮސް ކޭޝް ޑިޕޮސްޓް ރާއްޖެއަށް ތައާރަފްކޮށްފަ އެވެ. އަމިއްލަ ކާޑެއް "ފައިސާ ކާޑު" ނަމުގައި ތައާރަފްކޮށް އޭޓީއެމްގެ ހިދުމަތްވެސް ފެށި އެވެ.

މީގެއިތުރުން ބޭރުގެ އެއްވެސް އިންފްރާސްޓްރަކްޗާއެއް ނުލައި އަމިއްލަ އިންފްރާސްޓްރަކްޗާގައި ރާއްޖެއަށް އިންޓަނޭޝަނަލް ކާޑުގެ ހިދުމަތްވެސް ދޭން ފެށި އެވެ.

އެމްއައިބީން ވަނީ އެހެން ހުރިހާ ބޭންކެއް ފަހަތަށް ޖައްސާލައި، ބޭންކަށް ނުގޮސް އެމީހަކު ހުރި ތަނެއްގައި ބޭންކު އެކައުންޓު ހުޅުވައިދިނުމާއެކު އެންމެ ކުރިއަރާފައިވާ ގައުމުތަކުގައިވެސް ދެމުންދާ ހިދުމަތްތައް އޮންލައިންކޮށް ރައްކާތެރިކަމާއެކު ދޭން ފަށާފަ އެވެ.

މީހުން ބިނާކުރުން

އެމްއައިބީން ރާއްޖޭގައި ފުރަތަމަ ހިދުމަތް ދޭން ފެށިއިރު ގޮންޖެހުންތައް ކުރިމަތިވި ނަމަވެސް، އެ ބޭންކުން އެ ކަމަށް ހައްލު ހޯދުމުގެ ގޮތުން އަދި އެ ބޭންކުގެ މިޝަން ސްޓޭޓްމަންޓާއި އެއްގޮތްވާ ގޮތުގެ މަތިން ރާއްޖޭގައި ބޭންކިން ދާއިރާއަށް ހޭލުންތެރިކަން އިތުރުކޮށް މީހުން ބިނާ ކުރުމަށް ގިނަ މަސައްކަތްކުރި އެވެ.

އެގޮތުން އިސްލާމިކް ޔުނިވާސިޓީއަށް ބޮޑެތި އެހީތަކެއް ދީ ދަރިވަރުން ސްކޮލާޝިޕްގެ ފުރުސަތު ވެސް އިސްލާމިކް ޔުނިވާސިޓީއަށް އެމްއައިބީން ވަނީ ހޯދައިދީފަ އެވެ.

އޭގެއިތުރުން އެކި މަދުރަސާތަކާއި އެކި ފޯރަމްތަކުގައި އިސްލާމިކް ފައިނޭންސްއާއި ބެހޭ މައުލޫމާތު ސީދާ ބޭންކުގެ މުވައްޒަފުން މެދުވެރިކޮށް އަންނަނީ ދެމުންނެވެ.

އާ އީޖާދީ ޕްރޮޑަކްޓްތައް

ދިވެހިންގެ މާހައުލަށް ދިވެހިންނަށް ހާއްސަކޮށް އިސްލާމީ އުސޫލުގެ ތެރެއިން އެމްއައިބީން އީޖާދުކުރި އެ ބޭންކުގެ އެކި ޕްރޮޑަކްޓްތަކަކީ ބައިނަލްއަގުވާމީ އެވޯޑު ލިބިފައިވާ މުޅި ދުނިޔެ ބަލައިގަންނަ ޕްރޮޑަކްޓު ތަކެކެވެ.

ޒަމާނީ ބޮޑެތި ބަދަލުތަކެއް އެމްއައިބީއަށް 13 އަހަރު ތެރޭގައި ގެނެސްފައިވާއިރު، އެމްއައިބީން ބުނީ އެ ބޭންކަށް މި ހިސާބަށް އާދެވުނީ ރައްޔިތުން ދިން ތަރުހީބާއެކު ކަމަށެވެ.

އެމްއައިބީއަކީ މިއަދު ރާއްޖޭގައި އެންމެ ގިނަ ހިއްސާދާރުން ތިބި ކުންފުނި އެވެ. އަދި އެ ބޭންކަކީ އެންމެ ބާރަށް ކުރިއަރަމުންވެސް އަންނަ އެއް ބޭންކު ކަމަށްވާއިރު، ކުރިޔަށް އޮތްތަނުގައި ރާއްޖޭގައި އެމްއައިބީ ދިވެހިން ފަހުރުވެރި ކުރާނެ ކަމަށް އެ ބޭންކުން ބުނެ އެވެ.